- އިޙްސާންތެރިން
މާތް ﷲ ވަޙީ ކުރެއްވިއެވެ. "وَأَحْسِنُوا ۛ إِنَّ اللَّـهَ يُحِبُّ الْمُحْسِنِينَ" سورة البقرة 195 މާނައީ: "ތިޔަބައިމީހުން އިޙުސާންތެރިވާށެވެ. ހަމަކަށަވަރުން އިޙުސާންތެރިން ދެކެ ﷲ ލޯބިވެވޯޑިގަންނަވައެވެ."
2. ގިނަގިނައިން ތައުބާވާ މީހުން
މާތް ﷲ ވަޙީ ކުރެއްވިއެވެ. "إِنَّ اللَّـهَ يُحِبُّ التَّوَّابِينَ" سورة البقرة 222
މާނައީ: "ހަމަކަށަވަރުން ގިނަގިނައިން ތައުބާވާ މީހުންދެކެ ﷲ ލޯބިވެވޮޑިގަންނަވައެވެ."
- ޠާހިރުވާމީހުން
މާތް ﷲ ވަޙީ ކުރެއްވިއެވެ. "وَيُحِبُّ الْمُتَطَهِّرِينَ" سورة البقرة 222
މާނައީ: "އަދި ޠާހިރުވާމީހުން ދެކެވެސް އެކަލާނގެ ލޯބިވެވޮޑިގަންނަވައެވެ."
- ތަޤްވާވެރިން
މާތް ﷲ ވަޙީ ކުރެއްވިއެވެ. "فَإِنَّ اللَّـهَ يُحِبُّ الْمُتَّقِينَ" سورة آل عمران 76
މާނައީ: "ފަހެ ހަމަކަށަވަރުން ތަޤްވާވެރިންދެކެ ﷲ ލޯވިވެވޮޑިގަންނަވައެވެ.
- ކެތްތެރީން
މާތް ﷲ ވަޙީ ކުރެއްވިއެވެ. "وَاللَّـهُ يُحِبُّ الصَّابِرِينَ" سورة آل عمران 146
މާނައީ: "ކެތްތެރީންދެކެ ﷲ ލޯބިވެވޮޑިގަންނަވައެވެ."
- އެކަލާނގެއަށް ވަކީލުކުރާ މީހުން
މާތް ﷲ ވަޙީ ކުރެއްވިއެވެ. " إِنَّ اللَّـهَ يُحِبُّ الْمُتَوَكِّلِينَ" سورة آل عمران 159
މާނައީ: "ވަކީލުކުރާމީހުން ދެކެ ﷲ ލޯބިވެވޮޑިގަންނަވައެވެ."
- ޢަދުލަށް ޙުކުމްކުރާ މީހުން
މާތް ﷲ ވަޙީ ކުރެއްވިއެވެ. "إِنَّ اللَّـهَ يُحِبُّ الْمُقْسِطِينَ" سورة المائدة 42
މާނައީ: "ހަމަކަށަވަރުން ޢަދުލަށް ޙުކުމްކުރާމީހުން ދެކެ ﷲ ލޯބިވެވޮޑިގަންނަވައެވެ."
- ހަރުދަނާ ބިނާއެއް ފަދައިން ސަފުސަފަށް އެތުރިގެންތިބެ، އެކަލާނގެ މަގުގައި ހަނގުރާމަކުރާ މީހުން
" إِنَّ اللَّـهَ يُحِبُّ الَّذِينَ يُقَاتِلُونَ فِي سَبِيلِهِ صَفًّا كَأَنَّهُم بُنْيَانٌ مَّرْصُوصٌ"
މާނައީ: "ހަމަކަށަވަރުން، ހަރުދަނާ ބިނާއެއް ފަދައިން ސަފުސަފަށް އެތުރިގެންތިބެ، އެކަލާނގެ މަގުގައި ހަނގުރާމަކުރާ މީހުންދެކެ، اللَّه ލޯބިވެވޮޑިގަންނަވައެވެ."

















ޚިޔާލު