ޖަމިއްޔަތުއް ސަލަފްއިން އިންތިޒާމްކޮށްގެން ބާއްވަމުން އަންނަ ހަތަރު އިމާމުންގެ އަޤީދާ ދަރުސް މާދަމާރޭ ގދ ތިނަދޫގައި އޮންނާނެ ކަމަށް އެފަރާތުން ހާމަކޮށްފިއެވެ.
ގދ ތިނަދޫގައި ހުންނަ އެމްއެންޔޫގެ ކެމްޕަސްގައި ބޭއްވުމަށް ހަމަޖެހިފައިވާ މިދަރުސް ފެށުމަށް ހަމަޖެހިފައިވަނީ މާދަމާރޭ 20:45 ގައެވެ. މާދަމާރޭގެ ދަރުސް ދެއްވުމަށް ހަމަޖެހިފައިވަނީ އައްޝައިޚް އަހުމަދު ސަމީރު ބިން އިބްރާހިމްއާއި އައްޝައިޚް މުޙައްމަދު ޝަމްޢޫންއެވެ.
ހަތަރު އިމާމުންގެ އަޤީދާގެ ނަމުގައި ޖަމިއްޔަތުއް ސަލަފްއިންވަނީ މީގެކުރިން މަލޭ އަދި އައްޑޫ ސިޓީގައި ދަރުސްތަކެއް ބާއްވާފައެވެ.
މާދަމާރޭގެ ދަރުސް ސަލަފްގެ ފޭސްބުކް ޕޭޖުން ލައިވްކުރާގޮތަށްވަނީ ހަމަޖެހިފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...