ރާއްޖޭގެ ޚަބަރު ރޮހިންޖާ މުސްލިމުންނާ މެދު ހިންގާ ޖަރީމާތަކާއި ދެކޮޅަށް ބޮޑު އެއްވުމެއް ބާއްވަނީ

ރޮހިންޖާ މުސްލިމުންނާ މެދު ހިންގާ ޖަރީމާތަކާއި ދެކޮޅަށް ބޮޑު އެއްވުމެއް ބާއްވަނީ

ރޮހިންޖާ މުސްލިމުންނާ މެދު ހިންގާ ޖަރީމާތަކާއި ދެކޮޅަށް ބޮޑު އެއްވުމެއް ބާއްވަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މިޔަންމާގެ ލީޑަރު ސޫކީ އިސްވެހުރެ އެޤައުމުގެ ސަލާމަތީ ބާރުތަކުންނާއި ހަރުކަށި ބުޑިސްޓުން އެޤައުމުގެ ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނަށް ކުރަމުންދާ ލާއިންސާނީ އަނިޔާތަކާއި ދެކޮޅަށް ބޮޑު އެއްވުމެއް ބާއްވަން ނިންމައިފިއެވެ.

މިއެއްވުން އިންތިޒާމްކުރާ އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) ގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އާދަމް ނާއިފް ވިދާޅުވީ ރޮހިންޖާ މުސްލިމުންނަށް އެހީތެރިވުމަށް ކުރެވިދާނެ ކަންކަމަކީ ކޮބައިތޯ ބެލުމަށް މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށާއި އެގޮތުން މުޅި ރާއްޖޭގައި ބޮޑު އެއްވުމެއް ބާއްވަން ނިންމީ ވީހާވެސް ގިނަ ބަޔަކު މިކަމުގައި ޝާމިލްކުރުމުގެ މަގުސަދުގައި ކަމަށެވެ.

ނާއިފް ވިދާޅުވީ މިއެއްވުން ބާއްވަން ހަމަޖެހިފައިވަނީ މިމަހުގެ 22 ވާ ހުކުރު ދުވަހުކަމަށާއި މިއީ މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ އެއްވުމެއް ކަމަށެވެ.

އައިއޭސީގެ ފަރާތުންވަނީ ރޮހިންޖާ މުސްލިމުންނަށް އެހީވުމަށް "ހެލްޕް ރޮހިންޖާ މޯލްޑިވްސް" ނަމުގައި ފަންޑެއްވެސް ހުޅުވާފައެވެ.

ޓެގް

ރޮހިންޖާ ފަންޑު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.