ރާއްޖޭގެ ޚަބަރު އައިއޭސީއިން ރޮހިންޖާ މުސްލިމުންނަށް އެހީވުމުގެ ހަރަކާތެއް ފަށައިފި

އައިއޭސީއިން ރޮހިންޖާ މުސްލިމުންނަށް އެހީވުމުގެ ހަރަކާތެއް ފަށައިފި

އައިއޭސީއިން ރޮހިންޖާ މުސްލިމުންނަށް އެހީވުމުގެ ހަރަކާތެއް ފަށައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) ގެ ފަރާތުން ހާލުގައި ޖެހިފައިވާ ރޮހިންޖާ މުސްލިމުންނަށް އެހީވުމުގެ ހަރަކާތެއް ފަށައިފިއެވެ.

މިއަދު ހަވީރު ދިވެހިރާއްޖޭގެ އަޑުގެ ސެނެކޯ މާލަމުގައި ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އައިއޭސީ ހަރަކާތުގައި އިސްކޮށް ހަރަކާތްތެރިވާ އާދަމް ނާއިފް ވިދާޅުވީ އައިއޭސީގެ ފަރާތުން ރޮހިންޖާ މުސްލިމުންނަށް އެހީވުމުގެ މަސައްކަތަކީ އައިއޭސީ ފެށިގެން ސޫރިޔާއަށް އެހީ ހޯދުމުގެ ތެރޭގައިވެސް ކުރިއަށް ރޭވިފައިއޮތް ހަރަކާތެއް ކަމަށާއި ރޮހިންޖާ މުސްލިމުންނަށް އެހީވުމުގެ ހަރަކާތް މިފެށީ ރޮހިންޖާ މުސްލިމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ ތުރުކީގެ އީހާހާ ޖަމިއްޔާގެ ކޮންފަމޭޝަން ލިބުމާއެކުއެވެ.

މިނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެހީ ޖަމިއްޔާގެ އެނަލިސްޓު މީޑިއާ ހެޑް މުހައްމަދު އަލީ ވިދާޅުވީ ރޮހިންޖާ މުސްލިމުންނަށް އެހީވުމަށް ހިންގާ ހަރަކާތުގައި އަންނަ މަހުގެ ފަސްވަނަ ދުވަހާއި ހަމައަށް ފައިސާ އެއްކުރުމުގެ ކަންކަން ކުރިއަށްދާނެ ކަމަށެވެ.

ރޮހިންޖާ މުސްލިމުންނަށް އެހީވުމަށް އައިއެސީއިން ފެށި މިހަރަކާތުގައި މުޅި ރާއްޖެއިން 29 ޖަމިއްޔާއަކާއި 14 ރަށު ކައުންސިލެއް ބައިވެރިވެފައިވާއިރު އިތުރަށް މިހަރަކާތުގައި ބައިވެރިވާން ބޭނުންވަ ފަރާތްތަކަށްވަނީ 10 ދުވަހުގެ މުއްދަތެއް ހުޅުވާ ލާފައެވެ.

އައިއޭސީއިން ކުރިއަށް ގެންދިޔަ 'ހެލްޕް ސޫރިޔާ މޯލްޑިވްސް" ކެމްޕެއިންގައިވަނީ 8 މިލިއަން ރުފިޔާގެ ތަކެތި ސޫރިޔާގެ ރައްޔިތުންނަށް އެހީގެ ގޮތުގައި ފޮނުވާފައެވެ.

ޓެގް

ރޮހިންޖާ ފަންޑު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.