މިޔަންމާގެ ސަލާމަތީ ބާރުތަކާއި ހައްދުފަހަނަ އެޅިބުޑިސްޓުންގެ އަނިޔާވެރިކަމުން ސަލާމަތްވުމަށް އަމިއްލަ ޤައުމުދޫކޮށް އަވަށްޓެރި ބަންގްލަދޭޝްއަށް ދަތުރުކުރި ރޮހިންގިޔާ މުސްލިމުންގެ ބޯޓެއް އަޑިއަށްގޮސް އޭގެން ދަތުރުކުރި ފަސް ކުއްޖަކު ނިޔާވެއްޖެއެވެ.
ބަންގްލަދޭޝްގެ ބޯޑަރު ބަލަހައްޓާ ގާޑުންނާއި ހަވާލާދީ އޭޕީއިން ބުނެފައިވަނީ މިބޯޓު އަޑިއަށް ގޮސްފައިވަނީ ބަންގްލަދޭޝްއާއި މިޔަންމާ ވަކިކޮށްދޭ ނަފް ކޯރަށް ކަމަށެވެ.
ގާޑުން މައުލޫމާތު ދޭގޮތުގައި ތިނެއް ނުވަތަ ހަތަރު ބޯޓެއްވަނީ އަޑިއަށް ގޮސްފައިވާ ކަމަށާއި އަދި ފެނިފައިވަނީ ފަސް ކުދިންގެ ހަށިގަނޑު ނަމަވެސް އިތުރު މީހުންވެސް މަރުވެފައިވުމަކީ ވެދާނެ ކަމެއްކަމަށެވެ.
މިޔަންމާގައި ހިނގަމުންދާ އަނިޔާވެރިކަމުގައި 800 އަށްވުރެ ގިނަ ރޮހިންގިޔާ މުސްލިމުން ޝަހީދުކޮށްލާފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ. އަދި މިއަނިޔާވެރިކަމުން ސަލާމަތްވުމަށް 146،000 ރޮހިންގިޔާ މުސްލިމުން ރެފިއުޖީންގެ ގޮތުގައި ބަންގްލަދޭޝްއަށް އެތެރެވެފައިވާ ކަމަށް އދ އިން ބުނެއެވެ.

















ޚިޔާލު