1438 ވަނަ އަހަރު ހައްޖުގެ އަޅުކަމަށް ސައުދީ އަރަބިޔާއަށްދިޔަ ހައްޖުވެރިންގެ ތެރެއިން 54 މީހަކު ނިޔާވެއްޖެއެވެ.
54 މީހަކު ހައްޖުގެ އަޅުކަން ފެށުމުގެކުރިން ނިޔާވެފައިވާ ކަމަށް ސައުދީގެ ކަމާއިބެހޭ އިދާރާއިން ހާމަކޮށްފައިވީ ނަމަވެސް އެމީހުން ނިޔާވި ސަބަބެއް އަދި އެއީ ކޮން ޤައުމު ތަކަކަށް ނިސްބަތްވާ މީހުންނެއްކަމެއް ސައުދީއިން ހާމަކޮށްފައެއް ނުވެއެވެ.
ޖުލައި މަހުގެ 24 ވަނަ ދުވަހުން ފެށިގެން ހައްޖުގެ އަޅުކަމަށް ދުނިޔޭގެ އެކިކަންކޮޅުތަކުން މުސްލިމުން ސައުދީއަށް ޖަމާވާން ފަށާފައިވާއިރު ހޯމަ ދުވަހާއި ހަމައަށް 729،000 ހައްޖުވެރިން ސައުދީއަށް އައިސްފައިވާ ކަމަށް ހައްޖުގެ ކަންކަމާއިބެހޭ އިދާރާތަކުން ހާމަކޮށްފައިވެއެވެ.
1436 ވަނަ އަހަރުގެ ހައްޖުގެ އަޅުކަމުގެ ތެރޭގައި މީހުންފިތި ހިނގި ހާދިސާއެއްގައި ގިނަ އަދަދެއްގެ ހައްޖުވެރިން ނިޔާވިއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...