ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި ތައުލީމް ހާސިލްކުރާ ދަރިވަރުންނަށް ހާއްސަކޮށްގެން ދިރާގުން ހާއްސަ ޕެކޭޖްތަކެއް ތަޢާރަފްކޮށްފިއެވެ.
"ޔުނިފްކެސް" ނަމުގައި ތައާރަފްކުރި މިޕްކޭޖް ތަޢާރަފްކުރުމަށް އިއްޔެ ޔުނިވަރސިޓީގެ ފައުންޑޭޝަން އޮޑިޓޯރިއަމްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ދިރާގުގެ ޗީފް މާރކެޓިންގ އޮފިސަރ، އިޒަބެލް ހަޖްރީ ވިދާޅުވީ ިޔަވާ ކުދިންނަށް އެހީވެވޭތީ ވަރަށް އުފާވާ ކަމަށާއި، މި ޕެކޭޖްގެ ބޭނުން ހެޔޮގޮތުގައި ހުރިހާ ދަރިވަރުންވެސް ކުރާނެ ކަމަށް އުއްމީދުކުރާކަމަށެވެ.
ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ އަލީ ފަވާޒް ޝަރީފްވަނީ އެމްއެންޔޫގެ ދަރިވަރުންނަށް ދިރާގުން މިފޯރުކޮށްދޭންފެށި ޚިދުމަތަށް މިރަސްމިއްޔާތުގައި ޝުކުރުއަދާކޮށްފައެވެ.
މީގެ އިތުރުން ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ ރައީސް އަލީ ރަޝީދުވެސްވަނީ މިރަސްމިއްޔާތުގައި ވާހަކަދައްކާފައެވެ. އެގޮތުން އަލީ ރަޝީދުވެސްވަނީ ދިރާގުން މިފަދަ އަގުހެޔޮ ޕެކޭޖެއް ޔުނިވަރސިޓީގެ ދަރިވަރުންނަށް ތަޢާރަފްކޮށްދިން ކަމަށްޓަކައި ދިރާގަށް ޝުކުރުއަދާކޮށްފައެވެ.
މަހަކު 149/- ރުފިޔާއަށް ނެގޭ "ޔުނި ފްލެކްސް" ޕެކޭޖްގައި ކޮންމެ މަހަކު 3ޖީބީ ޑާޓާގެ އިތުރުން ކޮންމެ މަހަކު 4000 ފްރީ މިނިޓްސް އަދި 1000 އެސް.އެމް.އެސް ހިމެނެއެވެ. އަދި ވިކިޕީޑިއާ، އެމް.އެން.ޔޫ ވެބްސައިޓް އަދި މޫޑުލް އަށް ޑާޓާއާ ނުލާ ވަދެވޭނެއެވެ. އަދި މިޕެކޭޖްއާއިއެކު އިތުރު 2 ސިމް ކާޑް ލިބޭއިރު އެއިން ކޮންމެ ނަމްބަރަކަށްވެސް މަހަކު 600 ފްރީ މިނިޓްސް ލިބެއެވެ.
މީގެ އިތުރުންވެސް މި ޕެކޭޖުން ޔުނިވަރސިޓީގެ ދަރިވަރުންނަށް ފަސޭހަވާނެ ބަދަލުތައް އަންނަމުންދާނެކަމަށް ދިރާގުން ހާމަކުރެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...