މުއާސަލާތީ ޚިދުމަތްދޭ ކުންފުނި އުރީދޫގެ ކްލަބް ޕްރިމިއަރ ކަސްޓަމަރުންނަށް ހާއްސަކޮށްގެން ލައުންޖެއް ހުޅުވައިފިއެވެ.
މިކަމަށްޓަކައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ލައުންޖު ހުޅުވައިދެއްވީ ލިލީ އެންޓަޕްރައިސެސްގެ މެނޭޖިން ޑިރެކްޓަރު އާމިރު މަންސޫރެވެ.
ބޮޑުތަކުރުފާނު މަގު ހ. މާދޫގަ ހުޅުވި މިލައުންޖުން ހުކުރު ދުވަސް ފިޔަވާ ހަފްތާގެ ކޮންމެ ދުވަހަކު ހެނދުނު 9:00 އިން ރޭގަނޑު 10:00އަށް ޚިދުމަތް ލިބޭނެކަމަށް އެކުންފުނިން ހާމަކުރެއެވެ.
އުރީދޫ އެކްސްޕީރިއަންސް ސެންޓަރުން ލިބޭ ހުރިހާ ޚިދުމަތްތަކެއް މި ލައުންޖުން ލިބޭއިރު ސްމާޓް އެކްސެސް މެދުވެރިކޮށް މެމްބާޝިޕް ކާޑް ބޭނުން ކޮށްގެން ލައުންޖަށް ވަދެވޭނެ އެވެ. އަދި ޑިޖިޓަލް ފޯމްތަށް މެދުވެރިކޮށް، އުރީދޫގެ ކޮންމެ ޚިދުމަތެއް ވެސް ފަސޭހަކަމާއެކު ބޭނުން ކުރެވޭނެކަމަށްވެސް އެކުންފުނިން ހާމަކުރެއެވެ.
އުރީދޫއިން އެކުންފުނީގެ ކަސްޓަމަރުންނަށް ކްލަބް ޕްރިމިއަރ ޚިދުމަތްވަނީ މީގެ ދެއަހަރުކުރިން ތަޢާރަފްކޮށްފައެވެ.

















ޚިޔާލު