ބޭނުންވާނެ ތަކެތި
2 ޕެކެޓް ނޫޑްލްސް
3 ޖޯޑު ފެން
300 ގ ވަޅޯމަސް (ތުނިކޮށް ކޮށާފައި)
2 ފިޔާ (ތުނިކޮށް ކޮށާފަ)
4 ހިކަނދިފަތް
1 ގިތެއޮ މިރުސް
3 ލޮނުމިދު (މުގުރާފަ)
1 މ.ސ ހަނާކުރި ހަވާދު
1 މ. ސ ލޮނުމިރުސް (މުގުރާފަ)
1 މ. ސ ޓޮމާޓޯ ޕޭސް
ތެޔޮ
ތައްޔާރުކުރާނެ ގޮތް
ތައްޓަކަށް ނޫޑްލްސް އެޅުމަށްފަހު 3 ޖޯޑުފެން ހޫނުކޮށް އެއަށްއަޅައި ރަނގަޅަށް މަތި ބަންދު ކޮށްލާށެެވެ.
ތަވާއަކަށް ތެޔޮއަޅާ ފިޔާ، މިރުސް، ހިކަނދިފަތް އަދި ލޮނުމިދު އެޅުމަށްފަހު ރަނގަޅަށް ފިޔާކޮޅު މީރުކޮށްލާށެވެ. ފިޔާކޮޅު ރަނގަޅަށް މަޑުވުމުން ވަޅޯމަސް އަޅައި، ވަޅޯމަސްތައް ހަރުވެލަންދެން ބަހައްޓާށެވެ. އެއަށްފަހު ހަނާކުރި ހަވާދު، ލޮނުމިރުސް، ޓޮމާޓޯ ޕޭސްޓާއި އަދި ނޫޑްލްސް ޕެކެޓުގައި ހުރި ސީސަނިންގެ ޕެކެޓުން 2 ޕެކެޓުއަޅައި ރަނގަޅަށް އެއްކޮށްލާށެވެ. އެއަށްފަހު މަޑުކުރި ނޫޑްލްސްއަޅާ އެއްކޮށްލުމަށްފަހު 2 މިނެޓްވަރު ހޫނުކޮށްލާށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...