މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ދުނިޔޭގެ މަޝްހޫރު ޢިލްމުވެރިއެއް ކަމުގައިވާ ޑރ ބިލާލް ފިލިޕްސް ފުވައްމުލަކު ސިޓީގައި ދަރުސް ދެއްވުމަށް ހަމަޖެހިފައިވާ ތަން ބަދަލުވެއްޖެއެވެ.
ފުވައްމުލަކުގައި ދަރުސް އިންތިޒާމްކުރުމުގައި ހަރަކާތްތެރިވާ ގާޑިއަން އެސޯސިއޭޝަންއިން ހާމަކޮށްފައިވާ ގޮތުގައި ކުރިން ޏ އަތޮޅު ތައުލީމީ މަރުކަޒު ހޯލުގައި ބޭއްވުމަށް ހަމަޖެހިފައިވާ ދަރުސް މިހާރު އޮންނާނީ ޒިކްރާ އިންޓަރނޭޝަނަލް ކޮލެޖުގައެވެ.
މާދަމާރޭ 20:45 ގައި ފެށުމަށް ހަމަޖެހިފައިވާ މިދަރުސްގެ މައުޟޫއަކީ "ހޫ އިސް ޔުއަރ ލޯޑް؟" އެވެ.
ޕީސް ފައުންޑޭޝަންގެ ދަ ލެގަސީ އިވެންޓުގައި ބައިވެރިވުމަށް ޑރ ބިލާލް ރާއްޖެ ވަޑައިގެންފައިވަނީ ބުދަ ދުވަހުއެވެ. ޑރ ބިލާލް ފުވައްމުލަކަށް ދިއުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...