ޖަމިއްޔަތުއް ސަލަފްއިން އިންތިޒާމްކުރާ ހަތަރު އިމާމުންގެ އަޤީދާ ދަރުސް މާދަމާރޭ އޮންނާނެއެވެ.
މި ދަރުސްގައި އައްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް، އައްޝައިޚް އަޙްމަދު ސަމީރު ބިން އިބްރާހީމް، އައްޝައިޚް ޙަސަން މޫސާ ފިކްރީ އަދި އައްޝައިޚް ޢިމްރާން މުޙައްމަދު ޢަލީ ދަރުސް ދެއްވާގޮތަށްވަނީ ހަމަޖެހިފައެވެ.
ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ބޭއްވުމަށް ނިންމާފައިވާ މިދަރުސް ސަންޓީވީ، ވީއެފްއެމް އަދި ރޭޑިއޯ އެޓޯލް އިން ލައިވްކުރާގޮތަށްވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ޖަމްޢިއްޔަތުއްސަލަފުގެ ފޭސްބުކް، ޖަމްޢިއްޔަތުއްސަލަފުގެ ޔޫޓިއުބް އަދި ރޭޑިއޯ ސަލަފުންވެސް ލައިވްކުރާގޮތަށްވަނީ ހަމަޖެހިފައިވާ ކަމަށް ޖަމިއްޔަތުއް ސަލަފްއިން ހާމަކުރެއެވެ.
މާދަމާރޭގެ ދަރުސް ފެށުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 20:45 ގައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...