ދުނިޔޭގެ މަޝްހޫރު ދީނީ އިލްމްވެރިއެއް ކަމަށްވާ ޑރ. ބިލާލް ފިލިޕްސް މާލޭގައި ދެއްވާ ތަޤްރީރު މިރޭ އޮންނާނެއެވެ.
"ދަ ލެގަސީ" އިވެންޓުގައި ޑރ ބިލާލް މިރޭ ތަޤްރީރުކުރައްވާނީ “ދަ ޓުރޫލީ ސަކްސެސްފުލް ޕީޕަލް” މިމައުޟޫގެ މައްޗަށެވެ. އިސްލާމީ މަރުކަޒު މައިދާނުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މިއިވެންޓު ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 20:45 ގައެވެ.
މީގެ އިތުރުން މާދަމާ އިސްލާމީ މަރުކަޒުގައި ހުކުރު ޚުތުބާ ދެއްވާ އިމާމްވެ ހުކުރު ކުރުމަށް ހަމަޖެހިފައިވަނީވެސް ޑރ ބިލާލް ޕިލިޕްސް އެެވެ.
މާލޭގެ އިތުރުން މިމަހުގެ 15 ވަނަ ދުވަހު ފުވައްމުލަކުގައިވެސް ޑރ ބިލާލް ފިލިޕްސް ތަޤުރީރުކުރައްވާނެ ކަމަށް މިއިވެންޓު ކުރިއަށް ގެންދާ ޕީސް ފައުންޑޭޝަންއިން ވަނީ ހާމަކޮށްފައެވެ.
ދަ ލެގަސީ އިވެންޓުގައި ބައިވެރިވެވަޑައިގަތުމަށް ޑރ ބިލާލް ރާއްޖެ ވަޑައިގަތީ އިއްޔެއެވެ. މިއީ ޑރ ބިލާލް ފިލިޕްސް ރާއްޖެ ވަޑައިގެންނެވި ހަތަރުވަނަ ފަހަރެވެ. މީގެ ކުރިން ޑރ ބިލާލް ފިލިޕްސް ރާއްޖެ ވަޑައިގެންފައިވަނީ ޖަމިއްޔަތުއް ސަލަފްއިން ކުރިއަށް ގެންދާ ދަ ކޯލްގެ އިވެންޓުތަކުގައި ބައިވެރިވުމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...