ރާއްޖޭގެ ޚަބަރު ޤައުމީ ޤުރުއާން މުބާރާތުގައި ހދ. އަތޮޅުން ވާދަކުރާނެ ދަރިވަރުން ކަނޑައަޅައިފި

ޤައުމީ ޤުރުއާން މުބާރާތުގައި ހދ. އަތޮޅުން ވާދަކުރާނެ ދަރިވަރުން ކަނޑައަޅައިފި

ޤައުމީ ޤުރުއާން މުބާރާތުގައި ހދ. އަތޮޅުން ވާދަކުރާނެ ދަރިވަރުން ކަނޑައަޅައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

32 ވަނަ ޤައުމީ ޤުރުއާން މުބާރާތުގައި ހދ. އަތޮޅު ތަމްސީލު ކުރާނެ ދަރިވަރުން ކަނޑައަޅައިފިއެވެ.

މިމުބާރާތުގައި، ހދ.އަތޮޅުން ވާދަކުރާނެ ދަރިވަރުން ކަނޑައަޅާފައިވަނީ، މިމުބާރާތުގައި ބައިވެރިވާން އެދުނު ފަރާތްތަކަށް ބޭއްވުނު އޮޑިޝަންގެ ނަތީޖާއަށް ބެލުމަށްފަހުގައި ކަމަށް ހދ އަތޮޅު ކައުންސިލްއިން ހާމަކޮށްފައިވެއެވެ. އެގޮތުން ޤައުމީ ޤުރުއާން މުބާރާތަށް ހޮވާފައިވަނީ، ކޮންމެ ގޮތްޕަކުންވެސް، އޮޑިޝަނުން އެންމެ މަތީ މާކްސް ލިބުނު 2 ފަރާތްކަމަށް އެކައުންސިލްއިން ހާމަކުރެއެވެ.

32 ވަނަ ޤައުމީ ޤުރުއާން މުބާރާތުގައި ހދ. އަތޮޅުން ބައިވެރިވުމަށް ހޮވުނު ދަރިވަރުން؛

1. ޢާއިޝަތު މަލްސާ، ޑޭޒީވިލާ / ހދ.ނެއްލައިދޫ (10 ފޮތުން، ބަލައިގެން)
2. ޙުސައިން ޔާނިމް، ބުލްބުލްވިލާ / ހދ.ނެއްލައިދޫ (10 ފޮތުން، ބަލައިގެން)
3. ޝައްމާ މުޙައްމަދު، ގަހާ / ހދ.ނޮޅިވަރަން (20 ފޮތުން، ބަލައިގެން)
4. ޝުރްފާ އިބްރާހީމް ޝަރީފް، ރޯޒްމީޑް / ހދ.މަކުނުދޫ (20 ފޮތުން، ބަލައިގެން)
5. އަޙްމަދު ޚަލަފް، ހަވޭލީމަންޒިލް / ހދ.ނޮޅިވަރަންފަރު (30 ފޮތުން، ބަލައިގެން)
6. ސަމްޙާ ޢަލީ ރިޟާ، ހިރި / ހދ.ކުޅުދުއްފުށި (30 ފޮތުން، ބަލައިގެން)
7. ފައިޙާ ޢަބްދުﷲ ޢަޤީލް، ފަލްކަމް / ހދ.ވައިކަރަދޫ (5 ފޮތުން، ހިތުން)
8. މާޔާ މުޙައްމަދު، ގަހާ / ހދ.ނޮޅިވަރަމް (5 ފޮތުން، ހިތުން)

މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 23 ސެޕްޓެމްބަރ 2017 ގައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.