މާލޭގެ ހުޅަނގު ދެކުނު ސަރަހައްދުގައި އެސްޓީއޯއާ ހަވާލުކޮށްގެން ހަދަމުންދާ ފުޑްކޯޓުތަކުގެ މަސައްކަތް އެއް މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ޑރ މުއިއްޒު މިފަދައިން ވިދާޅުވެފައިވަނީ ފުޑްކޯޓުތަކުގެ މަސައްކަތް އެއްމަސް ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށް އެސްޓީއޯ އިން ބުނެފައިވާ ކަމަށްބުނެ މިރޭ ކުރެއްވި ޓުވީޓެއްގައެވެ.
30،000 އަކަފޫޓް ގެ ސަރަހައްދުގައި 27 ފުޑްކޯޓު ހެދުމަށް އެސްޓީއޯއާއިވަނީ ހަވާލުކޮށްފައެވެ.
ހާބަރު ސަރަހައްދުގައި ކުރިން ހިންގަމުންދިޔަ ކަޑަތައް ހުސްކޮށް އެތަނުގައި ޒަމާނީ ފުޑް ކޯޓުތަކެއް ހެދުމަށް އެސްޓީއޯއާއި ހަވާލުކޮށްފައިވަނީ މިދިޔަ އަހަރު ކުރީކޮޅު އެވެ. ނަމަވެސް ހަތަރު މަސްދުވަހުގެ ތެރޭގައި ނިންމަން ހަވާލުކުރި މަސައްކަތް ނުނިމި އަހަރަކަށްވުރެ ގިނަ ދުވަސްވަނީ ވެފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...