މިހަފްތާގެ ހުކުރުދުވަހު އިސްލާމީ މަރުކަޒުގައި ޚުތުބާ ދެއްވާނީ ޑރ ބިލާލް ފިލިޕްސްއެވެ.
މިކަމާއި ގުޅޭގޮތުން ދިއިސްލާމަށް މައުލޫމާތު ދެއްވަމުން ޕީސް ފައުންޑޭޝަންގެ ޖެނެރަލް ސެކްރެޓަރީ މުޙައްމަދު ސޮބާހް ވިދާޅުވީ ޕީސް ފައުންޑޭޝަންގެ ދަ ލެގަސީ އިވެންޓުގައި ތަގުރީރުކުރުމަށް ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވާ ޑރ ބިލާލް ފިލިޕްސް ޖުލައި 14 ވާ ހުކުރުދުވަހު އިސްލާމީ މަރުކަޒުގައި ހުކުރު ޚުތުބާ ދެއްވާ އިމާމްވެ ހުކުރު ނަމާދު ކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށެވެ.
ސޮބާހް އިތުރަށް ވިދާޅުވީ ޑރ ބިލާލް ޚުތުބާ ދެއްވުމަށް ހަމަޖެހިފައިވަނީ "ދަ ގްލޭޑް ޓައިޑިންގްސް" މައުޟޫއަށް ކަމަށެވެ. އަދި ޚުތުބާގެ ދިވެހި ތަރުޖަމާގެ ޚުލާސާއެއް އެދުވަހު ހުކުރަށްދާ ފަރާތްތަކަށް އިސްލާމީ މަރުކަޒުން ލިބޭނެ އިންތިޒާމް ހަމަޖެހިފައިވާނެ ކަމަށް ސޮބާހް ފާހަގަކުރެއްވިއެވެ.
ޕީސް ފައުންޑޭޝަންއިން އިންތިޒާމްކުރާ ދަ ލެގަސީ ދަރުސް އޮންނާނީ ޖުލައި 13 ވާ ބުރާސްފަތި ދުވަހުގެރޭ އިސްލާމީ މަރުކަޒު މައިދާނުގައެވެ. އެ ދަރުސް ނިންމާލުމަށް ފަހު ބިލާލް ފުވައްމުލަކު ސިޓީއަށް ފުރާވަޑައިގެން އެ ރަށުގައި ވެސް ދަރުސްތަކެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ
ކޮމެންޓް (0)
ލޯޑް ކުރަމުން...