ތިބާ ހެޔޮޢަމަލެއް ކުރާއިރު، އެ ޢަމަލަކީ ކުޑަ ނުވަތަ އާދައިގެ ކަމަކަށްވީތީ ނުކޮށް ދޫ ނުކޮށްލާށެވެ. އެހެނީ ކިތައްމެ ކުޑަ ޢަމަލަކުންވެސް އެތައްބައިވަރު ޘަވާބަކާއި ދަރުމަލިބިދާނެއެވެ.
މިސާލަކަށް ގަހެއް އިންދުން! ކުޑަ ކުޑަ ގަހެއް އިންދާލަން މާގިނަ ވަގުތެއް ނުނަގާނެއެވެ. އަދި އޭގެ ފައިދާ އެހާމެ ބޮޑެވެ.
ރަސޫލާ ޞައްލައްﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. "ما من مسلم يغرس غرسا أو يزرع زرعا فيأكل منه طير أو إنسان أو بهيمة إلّا كان له به صدقة" މާނައީ:"މުސްލިމަކު ގަހެއް އިންދައިފިނަމަ، ނުވަތަ ދަނޑެއް ހައްދައިފިނަމަ، އަދި އެގަހަކުން ނުވަތަ ދަނޑަކުން ދޫންޏެއް ނުވަތަ އިންސާނެއް ނުވަތަ ޖަނަވާރެއް ކައި ހަދައިފިނަމަ، އެކަމަކީ އޭނާއަށް ޞަދަޤާތެއްގެ ގޮތުގައި މެނުވީ ނުވެނުދާ ހުއްޓެވެ." (ޞަޙީހް މުސްލިމް)
ޢަމަލުގެ ކުޑަކަމަށް ނުބަލާށެވެ. އެހެނެއްކަމަކު އެޢަމަލުން ލިބޭ ޘަވާބާއި ދަރުމަ އަށް ދަހިވެތިވާށެވެ. އަދި އިޚްލާޞްތެރިކަމާއެކު ހެޔޮޢަމަލު ކުރުން މަތީ ދެމިހުންނާށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...