ރާއްޖޭގެ ޚަބަރު ކަމަދޫ ކައުންސިލްގެ ބައި އިލެކްޝަން އޮގަސްޓް 19 ގައި

ކަމަދޫ ކައުންސިލްގެ ބައި އިލެކްޝަން އޮގަސްޓް 19 ގައި

ކަމަދޫ ކައުންސިލްގެ ބައި އިލެކްޝަން އޮގަސްޓް 19 ގައި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ބ ކަމަދޫ ކައުންސިލްގެ ބައި އިލެކްޝަން އަންނަ އޮގަސްޓް މަހުގެ 19 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

މި އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ޖުލައި 17ގެ ނިޔަލަށް ވަނީ ހުޅުވާލައިފައެވެ.

ކަމަދޫ ކައުންސިލްގެ ގޮނޑިއެއް ހުސްވީ، އެމްޑީޕީގެ ކައުންސިލަރު އަލީ މައުސޫމް ކައުންސިލްގެ ނައިބު ރައީސްކަމުގެ ހުވާ ކުރެއްވިތާ ދެ ދުވަސް ފަހުން އިސްތިއުފާ ދެއްވުމާއި ގުޅިގެން ނެވެ.ލ

އިންތިހާބުގައި ވޯޓް ދިނުމުގެ ހައްގު ލިބިގެންވާ 338 މީހުން އެބަތިއްބެވެ.

ވޯޓް ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓް ގެޒެޓްކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ޖުލައި 10 ގެ ނިޔަލަށް ވަނީ ހުޅުވާލައިފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.