ރާއްޖޭގެ ޚަބަރު ޝައިޚް އިމްރާން ބަހައްޓާފަހުރި ޖަލު ގޮޅީގެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަނަށް

ޝައިޚް އިމްރާން ބަހައްޓާފަހުރި ޖަލު ގޮޅީގެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަނަށް

ޝައިޚް އިމްރާން ބަހައްޓާފަހުރި ޖަލު ގޮޅީގެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަނަށް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން އަބްދުﷲ މާފުށީ ޖަލުގައި ބަހައްޓާފައިހުރި ޖަލު ގޮޅީގެ މައްސަލަ، ޝައިޚް އިމްރާންގެ އާއިލާގެ ފަރާތުން ހިއުމަން ރައިޓްސް ކޮމިޝަނަށް ހުށަހަޅައިފިއެވެ.

ޝައިޚް އިމްރާންގެ އަނބިކަނބަލުން މަރިޔަމް ރީމް އިއްޔެ އެޗްއާރުސީއެމްއަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ އިމްރާން ޖަލުގައި ބަހައްޓާފައި ވަނީ އިންސާނީ ގަދަރާއި ކަރާމާތަށް ނުހަނު އިހާނެތިވާ ގޮތަށް ކަމަށާއި އެ ތަނުގައި ވައި ދައުރު ނުވާ އިރު އިންތިހާ އަށް ހޫނު ގަދަވެފައި ފަންކާއެއް ވެސް ނެތް ކަމަށެވެ.

އަދި ޝައިޚް އިމްރާން ޖަލުގައި މިހާރު ބެހެއްޓިފައިވާ ޔުނިޓަކީ މީހުން މެރުން ފަދަ ބޮޑެތި ކުށްތައްކޮށްފައިވާ ފަރާތްތައް ބެހެއްޓިފައިވާ ޔުނިޓެއްކަމުގައި މައުލޫމާތު ލިބިފައިވާ ކަމަށާއި އެ ހުރިހާކަމަކީ ޖިސްމާނީ އަދި ނަފްސާނީ ގޮތުން ނުހަނު އަސަރުކުރުވާނެ ކަންކަން ކަމަށް ރީމް ފޮނުވި ސިޓީގައި ބުނެފައިވެއެވެ.

އިންސާނީ ހައްޤުތައް ކަށަވަރުކޮށްދިނުމަކީ ޤާނޫނު އަސާސީއިން އެޗްއާރުސީއެމްގެ މައްޗަށް ލާޒިމްކޮށްފައިވާ ކަމެއްކަމުގައި ފާހަގަކޮށް ރީމްގެ ސިޓީގައި އެދިފައިވަނީ އިމްރާނާ މެދު އަމަލުކުރާ ގޮތް ބަލައި ވީހާ ވެސް އަވަހަކަށް އެކަން ހުއްޓުވައިދޭން އެދިފައެވެ.

2015 ވަނަ އަހަރު މެއިމަހުގެ އެއްވަނަ ދުވަހު ބޭއްވި މުޒާހަރާއާއި ގުޅިގެން ޓެރަރިޒަމްގެ ކުށް ސާބިތުވާ ކަމަށް ހުކުމްކޮށް 12 އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންދާ ޝައިޚް އިމްރާން މާފުށީ ޖަލަށް ބަދަލުކޮށްފައިވަނީ ޖޫން މަހުގެ 30 ވަނަ ދުވަހުއެވެ. އެއީ ޖަލުގައި ބަހައްޓާފައި ރަމަޟާންމަހަށް ގޭ ބަންދަށް ބަދަލުކުރުމަށް ފަހުއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.