ރާއްޖޭގެ ޚަބަރު ގުރުއާނާ ބެހޭ މަރުކަޒުގެ ދެވަނަ ސެމިސްޓަރ ގެ ކޯސްތަކުގެ މުއްދަތު މާދަމާ ހަމަވާނެ

ގުރުއާނާ ބެހޭ މަރުކަޒުގެ ދެވަނަ ސެމިސްޓަރ ގެ ކޯސްތަކުގެ މުއްދަތު މާދަމާ ހަމަވާނެ

ގުރުއާނާ ބެހޭ މަރުކަޒުގެ ދެވަނަ ސެމިސްޓަރ ގެ ކޯސްތަކުގެ މުއްދަތު މާދަމާ ހަމަވާނެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގެ ގޮފިތަކުގައި މިއަހަރުގެ ދެވަނަސެމިސްޓަރ ގައި ހިންގުމަށް ހަމަޖެހިފައިވާ ބައެއް ކޯސްތަކުގެ މުއްދަތު މާދަމާގެ ނިޔަލަށް ހަމަވާނެއެވެ.

އެގޮތުން އެމަރުކަޒުން ހިންގާ ގިރާއަތު ސެޓްފިކެޓް 1، 2 އަދި 3 ގެ ކޯސްތަކާއި ގާރީ ކަމުގެ އެޑްވާންސް ސެޓްފިކެޓް ކޯހަށް އެދި ހުށަހެޅުން މިއަދުގެ 14:00 އަށް ހަމަވާނެއެވެ. .

ގިރާއަތު ސެޓްފިކެޓް 1 ގައ ބައިވެރިވެވޭނީ ގްރޭޑް 7 ނިންމާފައިވާ، އުމުރުން 16 އަހަރު ފުރިފައިވާ ފަރާތްތަކަށެވެ. ސެޓްފިކެޓް 2 ގައި ބައިވެރިވެވޭނީ ސެޓްފިކެޓް1 އިން ފާސްވެފައިވާ ފަރާތްތަކަށެވެ. ސެޓްފިކެޓް 3 ގައި ބައިވެރި ވެވޭނީ ސެޓްފިކެޓް 2 ހަދައި ފާސްވެފައިވާނަމައެވެ.

ޤާރީކަމުގެ އެޑްވާންސް ސެޓްފިކެޓްގައި ބައިވެރިވެވޭނީ ގިރާއަތު ލެވެލް 3 ފުރިހަމަކޮށް ފާސްވެފައިވާ ފަރާތްތަކަށެވެ.

މިކޯސްތަކަށް ކުރިމަތިލާ ފަރާތްތަކުން މަރުކަޒުންދޭ ބަސްދީގަތުމަކުން ފާސްވާން ޖެހޭނެއެވެ.

 

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.