ރާއްޖޭގެ ޚަބަރު މޯލްޑިވިއަންގެ ދަތުރުތައް ކުޑަހުވަދޫއަށް ފަށައިފި

މޯލްޑިވިއަންގެ ދަތުރުތައް ކުޑަހުވަދޫއަށް ފަށައިފި

މޯލްޑިވިއަންގެ ދަތުރުތައް ކުޑަހުވަދޫއަށް ފަށައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ޝެޑިއުލް ދަތުރުތައް ދ ކުޑަހުވަދޫގައި އަލަށް ހެދި ދާލު އެއަރޕޯޓަށް ފަށައިފިއެވެ.

މޯލްޑިވިއަންގެ ދަތުރުތައް ކުޑަހުވަދޫއަށް ފެށުމުގެ ގޮތުން މޯލްޑިވިއަންގެ ފްލައިޓް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ފުރާފައިވަނީ މިއަދު މެންދުރު 1:50 ގައެވެ. އަދި ދ އެއަރޕޯޓަށް ބޯޓު ޖައްސާފައިވަނީ 2:27 ގައެވެ.

މިއަދުން ފެށިގެން ކޮންމެ ދުވަހެއްގެ މެންދުރު ފަހު ކުޑަހުވަދޫއަށް ޝެޑިއުލް ފްލައިޓެއް އޮންނާނެ ކަމަށް މޯލްޑިވިއަންއިން ހާމަކުރެއެވެ. ދާލު އެއަރޕޯޓަށް މޯލްޑިވިއަންއަށް ކުރާ ދަތުރުގެ އެއްކޮޅު ޓިކެޓެއްގެ އަގަކީ 888ރ. އެވެ.

ޝެޑިއުލް ދަތުރުތައް ފެށުމުގެ ކުރިން މިމަހުގެ އެއްވަނަ ދުވަހު މޯލްޑިވިއަންއިންވަނީ ޓެސްޓް ފްލައިޓެއްގެ ދަތުރުވެސް އެއަރޕޯޓަށް ބާއްވާފައެވެ.

 1،800 މީޓަރުގެ ރަންވޭއަކާ އެކު ހެދި ދާލު އެއާޕޯޓަކީ ރާއްޖޭގައި މިވަގުތު އޮތް ޑޮމެސްޓިކް އެއާޕޯޓްތަކުގެ ތެރެއިން ޕްރައިވެޓް ޖެޓްތައް ޖެއްސޭ ގޮތަށް ހެދި ފުރަތަމަ އެއާޕޯޓްވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.