ރ އަލިފުށީގައި ކަރަންޓުނެތްތާ 18 ގަޑިއިރު ފަހުން އެރަށަށް ކަރަންޓު ދީފިއެވެ.
ތިންހާސް މީހުންގެ އާބާދީއެއް އޮންނަ އަލިފުށީގައި އިއްޔެ އެކި ވަގުތުތަކުގައި ކަރަންޓު ކެނޑެމުންގޮސް ރޭ އިޝާ ނަމާދު ވަގުތު ކަރަންޓު ދިޔަގޮތަށް ފަހުންވަނީ ކަރަންޓު ލިބޭ ގޮތް ނުވެފައެވެ.
ދިމާވި މައްސަލަ ހައްލުކޮށް އެރަށަށް ކަރަަންޓު ދެވޭވަރރުވީ މިއަދު މެންދުރުފަހު 2:30 ހާއިރެވެ.
ރޭއެއްކޮށް އެރަށުގެ ރައްޔިތުން ކަނުއަނދިރީގައި ހޭދަކޮށްފައިވާއިރު މިއަދު ހެނދުނު މާލެއިން އެރަށަށްވަނީ 200 ކިލޯ ވޯޓުގެ ޖަނަރޭޓަރެއް ގެންގޮސް އިންސްޓޯލްކުރުމުގެ މަސައްކަތް ފަށާފައެވެ.
އަލިފުށީ އިންޖީނުގޭގާއި ކުރިން ބޭނުންކުރަމުން ގެންދިޔައީ 400 އާއި 600 ކިލޯ ވޯޓުގެ ދެ ޖަނަރޭޓަރެވެ. އެރަށުގައި ހުސްވި ރަމަޟާންމަހުން ފެށިގެން ކަރަންޓުގެ މައްސަލަ ދިމާވާން ފަށާފައިވަނީ 600 ކިލޯ ވޯޓުގެ ޖަނަރޭޓަރުގެ ރޭޑިއޭޓަރހަލާކުވެގެންނެވެ.
އަލިފުށްޓަށް ކަރަންޓު ނުލިބުމުގެ ސަބަބުން ރޭވަނީ އެރަށުގެ ރައްޔިތުން އިންޖީނުގެކައިރި އިހުތިޖާޖުވެސް ކޮށްފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...