ރާއްޖޭގެ ޚަބަރު ކިހާދޫ ކޮންމެ ކުޑަކުއްޖަކަށް އީދު ހަދިޔާއަކަށް އައިސް ކޯނެއް

ކިހާދޫ ކޮންމެ ކުޑަކުއްޖަކަށް އީދު ހަދިޔާއަކަށް އައިސް ކޯނެއް

ކިހާދޫ ކޮންމެ ކުޑަކުއްޖަކަށް އީދު ހަދިޔާއަކަށް އައިސް ކޯނެއް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ބ ކިހާދޫގައި ދިރިއުޅެމުންދާ ކޮންމެ ކުޑަކުއްޖަކަށް ޢީދު ހަދިޔާގެ ގޮތުގައި އައިސް ކޯނު ބަހައިފިއެވެ.

ކިހާދޫ ޑިވެލޮޕްމަންޓް ސޮސައިޓީ (ކިޑްސް) ޖަމިއްޔާގެ ފަރާތުން މިހަރަކާތާއި ގުޅޭގޮތުން ދިއިސްލާމަށް މައުލޫމާތު ދެއްވި އެޖަމިއްޔާގެ ރައީސް އިބްރާހިމް ވަސީމް ވިދާޅުވީ މިހަރަކާތަކީ ޢީދުގެ އުފަލުގައި ކުދިބޮޑު އެންމެން ބައިވެރިކޮށް، އެންމެންގެ މެދުގައިވެސް ލޯބި އާލާކުރުމުގެ މަޤްޞަދުގައި އެޖަމިއްުޔާއިން ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށެވެ.

ފޮޓޯ / ކިހާދޫ ޑިވެލޮޕްމަންޓް ސޮސައިޓީ (ކިޑްސް)

ފިތުރު ޢީދު ނަމާދަށްފަހު ކުރިއަށް ގެންދިޔަ މިހަރަކާތުގައި ރަށުގައި ދިރިއުޅޭ ހުރިހާ ކުޑަކުދިންނަށްވަނީ އައިސް ކޯން ބަހާފައެވެ. އަދި ގިނަ އަދަދެއްގެ ބޮޑެތި މީހުންނަށްވެސް އައިސްކޯން ބަހާފައިވާ ކަމަށް އެޖަމިއްޔާއިން މައުލޫމާތު ދެއެވެ.

ވަސީމް އިތުރަށް ވިދާޅުވީ އައިސްކޯނަކީ ރަށުގައި ލިބެން ނުހުންނަ އެއްޗެއްކަމަށާއި ޢީދު ދުވަހާއި ދިމާކޮށް މިފަދަ ހަރަކާތެއް ކުރިއަށް ގެންދިޔުމުން ކުޑަކުދިން ތިބީ ވަރަށް އުފަލުންކަން ފާހަގަކުރިއެވެ.

"ވަރަށް އެކްސައިޓް ވެފައި ހުރިހާ ކުދިންވެސްތިބީ. ރަށުގައި ނުހުރޭ އައިސްކޯން ލިބޭކަށް. އެކަހަލަ އެއްޗެއް ބަހާލީމާ ވަރަށް އުފާވެފާ ކުދިން ތިބީ" ވަސީމް ފާހަގަކުރިއެވެ.

ފޮޓޯ / ކިހާދޫ ޑިވެލޮޕްމަންޓް ސޮސައިޓީ (ކިޑްސް)

2015 ވަނަ އަހަރު އުފެދުނު ކިޑްސް ޖަމިއްޔާއިން އަންނަނީ ޢީދު ފާހަގަކުރުމުގެ ގޮތުން ކޮންމެ ފަހަރަކުވެސް ޢީދުގައި ރަށުގައި ހަދިޔާ ބަހަމުންނެވެ. މެޓަލާއި ބިސްކޯދު ބެހުމުން ފެށި މިހަރަކާތް ކުރިއަށް ތާނގައި މިއަށްވުރެ ފުރިހަމައަށް ކުރިއަށް ގެންދިޔުމަކީ ކިޑްސް ޖަމިއްޔާގެ އަމާޒެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.