ރާއްޖޭގެ ޚަބަރު ބާރަށުގައި ޤުރުއާން ހިތުދަސްކުރާ ކޮންމެ ކުއްޖަކަށް 15،000 ރުފިޔާ

ބާރަށުގައި ޤުރުއާން ހިތުދަސްކުރާ ކޮންމެ ކުއްޖަކަށް 15،000 ރުފިޔާ

ބާރަށުގައި ޤުރުއާން ހިތުދަސްކުރާ ކޮންމެ ކުއްޖަކަށް 15،000 ރުފިޔާ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ހއ ބާރަށުގައި ކީރިތި ޤުރުއާން ހިތުދަސްކުރާ ކޮންމެ ކުއްޖަކަށް 15،000 ރ ގެ ފައިސާގެ އިނާމެއް ދޭގޮތަށް ނިންމައިފިއެވެ.

މިކަމާއި ގުޅޭގޮތުން ދިއިސްލާމަށް މައުލޫމާތު ދެއްވަމުން ބާރަށު އުލޫމުލް ޤުރުއާން ކްލާސްގެ ވެރިޔާ އަލީ ޝިޔާޒު ވިދާޅުވީ ޤުރުއާން ހިތުދަސްކުރާ ކޮންމެ ކުއްޖަކަށް 15،000 ރ ގެ ފައިސާގެ އިނާމެއް ދޭގޮތަށް ނިންމާފައިވަނީ އުލޫމުލް ޤުރުއާން ކްލާސްގެ އެއްވަނަ ހިފްޒު މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ބާރަށު ދާއިރާގެ ކައުންސިލް މެމްބަރ އަލީ ޝަމީމް ކަމަށެވެ.

އެގޮތުން އަލީ ޝިޔާޒް ވިދާޅުވީ ޤުރުއާނުން ހިތުދަސްކުރާ ކޮންމެ ފޮތަކަށް 500 ރ ގެ މަގުން ޖުމްލަ 15000 ދިނުމަށް ކައުންސިލް މެމްބަރ އަލީ ޝަމީމް ނިންމަވާފައިވާ ކަމަށެވެ.

އުލޫމުލް ޤުރުއާން ކްލާސްގެ ހިފްޒު މުބާރާތަކީ ޤުރުއާން ހިތުދަސްކުރުމަށް ބާރުއަޅާ އެކަމަށް ލޯބި ޖެއްސުމާއި އެކިއެކި ޤުރުއާން މުބާރާތްތަކުގައި ނުބަލާ ކިޔުމުގެ ގޮފީގައި ވާދަކުރާނެ ދަރިވަރުން އުފައްދާ، ކީރިތި ޤުރުއާން އެއްކޮށް ހިތުދަސްކުރާނެ ދަރިވަރުން އުފެއްދުމުގެ މަޤްޞަދުގައި ކުރިއަށް ގެންދާ މުބާރާތެކެވެ.

މިމުބާރާތުގައި މިފަހަރު 40 އަށްވުރެ ގިނަ ކުދިން ބައިވެރިވެ 35 ކުދިންވަނީ މުބާރާތުގައި ކިޔަވާފައެވެ.

ތިން ބުރަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މިމުބާރާތުގެ ނަތީޖާ ފާޅުކުރުން އޮންނާނީ މިއަދުއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.