ރާއްޖޭގެ ޚަބަރު އަންނަ ރަމަޟާން މަހު ސަލަފުން ގެނެސްދެނީ "އަޝްރާތު"

އަންނަ ރަމަޟާން މަހު ސަލަފުން ގެނެސްދެނީ "އަޝްރާތު"

އަންނަ ރަމަޟާން މަހު ސަލަފުން ގެނެސްދެނީ "އަޝްރާތު"

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އަންނަ އަހަރުގެވެސް ރަމަޟާންމަހުގައި ޖަމްއިއްޔަތުއް ސަލަފުން މާލޭ ފުރުޤާން މިސްކިތުގައި ބާއްވާ ސިލްސިލާ ދީނީ ނަސޭހަތް ދިނުމުގެ ޕްރޮގްރާމް އޮންނާނެ ކަމަށާއި އަންނަ އަހަރު ދަރުސްތައް ކުރިއަށް ދާނީ "އަޝްރާތު" ނުވަތަ ޤިޔާމަތުގެ އަލާމާތްތަކުގެ މައްޗަށް ކަމުގައި އެޖަމިއްޔާއިން ހާމަކޮށްފިއެވެ.

އިއްޔެ ބޭއްވި ދަލާއިލްގެ ފަހު ދަރުސަށްފަހު އަންނަ އަހަރުވެސް އެފަދަ ޕްެރޮގްރާމެއް ބާއްވާނެކަން ވަނީ އިއުލާނުކޮށްފައެވެ.

ިއަންނަ އަހަރުގެ ޕްރޮގްރާމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޖަމްޢިއްޔަތުއްސަލަފުގެ ޢިލްމުވެރިންގެ މަޖިލީހުގެ މެމްބަރު އައްޝައިޚް މުޖްތަބާ ޙަމީދު ވިދާޅުވީ އަންނަ އަހަރު ބާއްވާ "އަޝްރާތު" ޕްރޮގްރާމަކީ ޤިޔާމަތުގެ ޢަލާމާތްތަކާއި ގުޅޭގޮތުން ގެނެސްދޭ ޕްރޮގްރާމެއްކަމަށާއި އަންނަ އަހަރުގެ ރަމަޟާން މަހުގެ ކޮންމެ ދުވަހެއްގެ ޢަޞުރު ނަމާދަށްފަހު ފުރުޤާން މިސްކިތުގައި މިޕްރޮގްރާމު ކުރިއަށްގެންދާނެ ކަމަށެވެ.

1436 ވަނަ އަހަރުގެ ރަމަޟާންމަހުން ފެށިގެން ސަލަފުން ކުރިއަށް ގެންދާ މިދަރުސް ސިލްސިލާ އެއަހަރު ބާއްވާފައިވަނީ ސިޔަރަތުގެ ހިޔަލުގައި ނަމުގައެވެ. 1437 ވަނަ އަހަރު ބޭއްވީ ރަންޒަމާން ނަމުގައެވެ.
ަ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.