މާދަމާއަކީ 1432 ވަނަ އަހަރުގެ ޝައްވާލް މަހުގެ 1 ވަނަ ދުވަސް ކަމަށާއި މިއަހަރުގެ ފިޠުރު ޢީދު ދުވަސް ކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ކަނޑައަޅައި އިޢުލާންކޮށްފިއެވެ.
ހަނދާއި ބެހޭ ގޮތުން ގޮތެއް ނިންމެވުމަށް އެ މިނިސްޓްރީން މިރޭ އިސްލާމީ މަރުކަޒްގައި ބޭއްވި ޖަލްސާއަށް ފަހު ހަނދާއި ބެހޭ ބަޔާން އިއްވަވާދެއްވީ އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އައްޝައިޚް އިބްރާހީމް އަހުމަދެވެ.
ހަނދާ ބެހޭ ގޮތުން އިއްވި ބަޔާނުގައި ބުނީ މިރޭ އިރުއޮއްސުމަށް ފަހު ރާއްޖޭގެ އެއްވެސް ހިސާބަކަށް ހަނދު ސާބިތުވެފައި ނުވި ނަމަވެސް އިސްލާމީ ބައެއް ގައުމުތަކަށް މިރޭ ޝައްވާލު މަހުގެ ހަނދު ސާބިތުވެފައި ކަމުގެ ރަސްމީ ހަބަރު ލިބިފައިވާ ކަމަށާއި އެހެންވެ ސައްވާލު މަހުގެ ހަނދު ސާބިތު ކުރުމުގައި ރާއްޖޭގައި އަމަލު ކުރާ ރަސްމީ އުސޫލުތަކުގެ މަތީން މާދަމާ އަކީ ޝައްވާލު މަހުގެ އެއްވަނަ ދުވަސް ކަމަށާއި އީދު ދުވަސް ކަމަށް ކަނޑައަޅާ ކަމަށެވެ.
މާލޭގެ އިތުރުން ރާއްޖޭގެ ގިނަ ރަށްތަކެއްގައި މާދަމާގެ އީދު ނަމާދު ކުރުމަށް ހަމަޖެހިފައިވަނީ މައިދާނުގައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...