މިއަހަރުގެ ފިތުރު ޒަކާތް ދޫކުރުން މިރޭ 11:00 އާ ހަމައަށް ކުރިއަށްދާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
މިކަމާއި ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީއިން ހާމަކޮށްފައިވާ ގޮތުގައި މިރޭ 11:00 އާ ހަމައަށް ކުރިއަށް ގެންދާނެ ކަމަށެވެ. މިއަހަރު ފިތުރު ޒަކާތުގެ ގޮތުގައި ދޫކުރަނީ ބޮލަކަށް 1250 ރުފިޔާ ކަމަށެވެ.
އިއްޔެގެ ނިޔަލަށް ފިތުރު ޒަކާތުގެ ގޮތުގައި 4.6 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އަދި ގޮވާމުން 4،627 މީހުން އިއްޔެގެ ނިޔަލަށް ޒަކާތް ދައްކާފައިވާ ކަމަށާއި ޒަކާތުގެ ގޮތުގައި 12 ޓަނު ގޮވާން ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީއިން ހާމަކުރެއެވެ.
ފިތުރު ޒަކާތް ދޫކުރުމުގެ މަސައްކަތް މިރޭ 11 ޖަހަންދެން ކުރިއަށް ދާއިރު، މިއަދު ހަވީރު 5 ހަމައަށް ފައިސާއިންނާއި ގޮވާމުން ފިތުރު ޒަކާތް ބަލައިގަތުމުގެ މަސައްކަތްވަނީ އިސްލާމިކް މިނިސްޓްރީއިން ކޮށްފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...