ރ މީދޫ ޖަމްއިއްޔަތުއް ސަލާހުން އިންތިޒާމްކޮށްގެން ބޭއްވި މީދޫގެ ތަރި ގުރުއާން މުބާރާތުގެ އެއްވަނަ އިއާން އަބްދުލް އަޒީޒް ހޯދައިފިއެވެ.
ރޭ ކުރިއަށްދިޔަ މުބާރާތުގެ ފައިނަލްގައި ގަދަ ފަސް ބައިވެރިންނާއި ވާދަކޮށްގެންެ އިއާން އަށް އެއްވަނަ ލިބުނު އިރު މުބާރާތުގެ ދެވަނަ ހޯދާފައިވަނީ ސަޙިއްޔާ އަބްދުލް ޢަނީއެވެ. މުބާރާތުގެ ތިންވަނަ މަޢާލްއަށް ލިބުނުއިރު ހަތަރުވަނަ ލިބުނީ ނަޢުމާއަށެވެ. ފަސްވަނަ ހޯދީ ފަޒްލީނާ އަޙްމަދެވެ.
މި މުބާރާތުގެ ފައިނަލް ރައުންޑުގައި ބައިވެރިންނާއި ތިން ބަޔަކުން ވަނީ ސުވާލުކޮށްފައެވެ. އެއީ ބަލައިގެން ކިޔެވުމުގެ ބަޔަކާއި ހިތުން ކިޔެވުމުގެ ބައެއް އަދި ތަޖުވީދުގެ ދިހަ ސުވާލެވެ.
މި މުބާރާތުގެ އެއްވަނަ ލިބުނު އިޔާންއަށްވަނީ ހައްޖު ކޯރޕަރޭޝަންގެ ފަރާތުން ހުށައަޅާފައިވާ އުމްރާ ދަތުރެއް ލިބިފައެވެ.
މުބާރާތުގެ ދެވަނަ ބުރުގެ ފަނޑިޔާރުކަން ކޮށްދެއްވާފައިވަނީ
އައްޝައިހް އަލްޤާރީ ހަސަން ތައުފީޤް އަބްދުލް ރަޙްމާން، އަލްޤާރީ އިބްރާހިމް ޝިފާއު އަދި އަލްޤާރީ އަބްދުލް ޖަލީލް އިސްމާޢިލްއެވެ.
މިއީ މީދޫގައި މިހާތަނަށް ބޭއްވުނު އެންމެ ބޮޑު ޤުރުއާން މުބާރާތެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...