އަރަބިދުނިޔެ އަލް ޤައްސާމް ބްރިގޭޑްސް ގެ މުޖާހިދުން އިޒްރޭލުގެ ސިފައިން ފަހަތަށް ޖައްސައިފި!

އަލް ޤައްސާމް ބްރިގޭޑްސް ގެ މުޖާހިދުން އިޒްރޭލުގެ ސިފައިން ފަހަތަށް ޖައްސައިފި!

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ލިޔުނީ : މުޙައްމަދު ވިޝާޙް

އިރުމަތީ ޣައްޒާގެ އަލް ޒައިތޫން އަވަށަށް 300 މީޓަރު އެތެރެއަށް ހަތިޔާރާއެކު ވަދެގަތް އިޒްރޭލުގެ ސިފައިން ފަހަތަށް ޖައްސައިފިކަމަށް ހަމާސްގެ ހަތިޔާރު އެޅިގޮފި ކަމަށްވާ ޢިއްޒުއްދީން އަލް ޤައްސާމް ބްރިގޭޑްސް އިން ހާމަކޮށްފިއެވެ. އަލް ޤައްސާމް ބްރިގޭޑްސް އިން މި ކަން ހާމަ ކޮށްފައިވަނީ މިދިޔަ ބުދަ ދުވަހު މެންދުރުފަހުގެ ވަގުތެއްގައެވެ.

ބްރިގޭޑްސް އިން ހާމަކޮށްފައިވަނީ ފަލަސްތީނުގެ ޝަހަރުގެ ތެރެއަށް ވެރިވެގަންނަމުން އައި އިޒްރޭލުގެ ސިފައިން އެ ސަރަހައްދުން ފައްސާލާފައިވަނީ "ޤައްސާމް މޯޓަރސް" އަދި އިޒްރޭލުގެ ޓޭންކަރުތަކާ ދެކޮޅަށް "ރޯޑް ސައިޑް ބޮން" ބޭނުންކޮށް ކަމަށެވެ.

މީގެ އިތުރުން މުޅި ފަލަސްޠީނު މިނިވަން ވަންދެން އިޒްރޭލުން ފަލަސްޠީނުގެ ސަރަހައްދަށް މި ފަދައިން ދޭހަމަލާތަކުން ސަލާމަތް ކުރުމަށް ބޭނުން ކުރެވެން އޮތް ހުރިހާ ވަސީތަލެއް ބޭނުން ކުރާނެކަމަށާޢި އެކަމަށް ރަނގަޅަށް ލޯ ހުޅުވައިގެން ތިބޭނެކަމަށް ވަނީ ހާމަކޮށްފައެވެ.
"އިޒްރޭލު ސިފައިން އެކުޅެނީ އަލިފާނާ ! ޣައްޒާގެ ތިބި ފަލަސްޠީނުގެ ރައްޔިތުންނަށް އެއްވެސް ބާވަތެއްގެ ހަމަލާއެއް ދޭން ވިސްނާނަމަ، އަދި އަހަރަމެންގެ ރައްޔިތުންނަށް އަނިޔާވެރިކަން އިސްކުރާނަމަ އެކަމުގެ އަގަކީ އަތަކާއި ފަޔެއް ! އަދި އަހަރަމެންގެ ހަނުހުރުން ދެމިގެން ނުދާނެ !" ޤައްސާމް ބްރިގޭޑްސް އިން ހާމަ ކޮށްފައިވެއެވެ.

ޕަލަސްޓީނިއަން ޓެލެގްރާފުން ހާމަކުރާގޮތުގައި އިޒްރޭލުން ދިން ހަމަލާތަކުގެ ސަބަބުން ގުދުސް ބްރިގޭޑްސްގެ މެންބަރެއް ވަނީ ޝަހީދުވެފައެވެ. އަދި އަލް ގުދުސް ބްރިގޭޑްސް (އިސްލާމިކް ޖިހާދު) ވަނީ  އެކަން ހާމަކޮށްފައެވެ.

މީގެ އިތުރުން  އިޒްރޭލުގެ ހަބަރު ފަތުރާ ވަސީލަތްތަކުންނާއި ޕަލަސްޓީނިއަން ޓެލެގްރާފުން ހާމަކުރާގުތުގައި މި ހަމަލާގައި 11 މީހަކު ވަނީ ޒަހަމް ވެފައެވެ.

ފަހަކަށް އައިސް އިޒްރޭލުން ޣައްޒާއަށް ދޭ މިފަދަ ހަމަލާތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އަދި މިފަދަ ހަމަލާތަކުން  އިޒްރޭލަށް ލިބެމުންދާ ގެއްލުންތައް ދަނީ އިންތިހާއަށް މައްޗަށެވެ. މިގޮތުން ޚާޔޫނުސްގެ ހާދިސާ ފާހަގަ ކޮށްލެވެއެވެ. އެ ފަހަރު އިޒްރޭލުން ޓޭންކަރުތަކާ އެކު ދިން ހަމަލާގައި އިޒްރޭލުގެ 2 ސިފައިންގެ މީހުންވަނީ  މަރުވެފައެވެ.  އަދި  އެ ހަމަލާގައި އެއްވެސް މުޖާހިދަކު ޝަހީދުވެފައެއް ނުވެއެވެ.

ޓެގް

ފަލަސްޠީން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.