ރޯދައަށްހުރެ ދަތްއުނގުޅާ ބޭހުން ދަތްއުނގުޅުމުން ރޯދަ ގެއްލޭނެތޯއެވެ؟
ޖ. ދަތްއުނގުޅާ ބޭހުން ދަތްއުނގުޅިއަސް ރޯދަ ނުގެއްލޭނެއެވެ. ނަމަވެސް ރޯދައަށްހުރެ ބޭހުން ދަތްއުގުޅާނަމަ ބޭހާ އެކުވެގެން ކުޅު ނުވަތަ އޭގެ ރަހަ އެތެރެހައްޓަށް ހިގައިދާނޭކަމަށް ފަރުވާ ތެރިވާންވާނެއެވެ. އެހެންވެ ޢިލްމުވެރިން ވިދާޅުވަނީ، ހުއްދަކަމުގައިވިއަސް މޮޅުއިތުރުވެގެންވަނީ ރޯދައަށް ހުންނަދުވަހުގެ ދުވާލުގެ ވަގުތުތަކުގައި ބޭހުން ދަތްނުއުގުޅުމެވެ. އެހެނީ ނޭގިހުއްޓާވެސް އެތެރެހައްޓަށް އޭގެއަސަރު ހިނގައިދާނޭތީއެވެ.
ޚިޔާލު