ދީން ދުނިޔެދޫކޮށްފައިވާ މީހުންނަށް މަންފާކުރަނިވި ހެޔޮޢަމަލުތައް

ދުނިޔެދޫކޮށްފައިވާ މީހުންނަށް މަންފާކުރަނިވި ހެޔޮޢަމަލުތައް

ދުނިޔެދޫކޮށްފައިވާ މީހުންނަށް މަންފާކުރަނިވި ހެޔޮޢަމަލުތައް

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ނިޔާވެފައިވާ މީހުންނަށް ކުރެވޭ ހެޔޮ ދުޢާއާއި، އޭނައަށް ސަވާބާއި ދަރުމަލިބުންއެދި ކުރެވޭ ސަދަޤާތާއި، އޭނަގެ ބަދަލުގައި ކުރެވޭ ޙައްޖު އަދި ޢުމްރާއިން މަންފާކުރާނެކަމުގެ މައްޗަށް ޢިލްމުވެރިން އިޖުމާޢުވެވަޑައިގަންނަވައެވެ.

إِذَا مَاتَ الإنْسَانُ انْقَطَعَ عنه عَمَلُهُ إِلا مِنْ ثَلاثةٍ إلا من صَدَقَة جَارِيَة أوَعِلْم يُنْتَفَعُ بِهِ أوَوَلَد صَالِح يَدْعُو لَهُ . رواه مسلم/1631 .

ރަސޫލާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ހަދީސްކުރެއްވިއެވެ. ''އިންސާނާ މަރުވުމުން ތިންކަމަކުން މެނުވީ އެހެންހުރިހާ ގޮތަކުން އޭނަގެ ޢަމަލުތައް ކެނޑިގެންދެއެވެ. އެއީ ހިނގަހިނގާ ހުންނަ ޞަދަޤާތެއް (ފައިދާ ދެމިގެންވާ ވަޤްފެއް) ނުވަތަ ފައިދާކުރަނިވި ޢިލްމެއް ނުވަތަ އޭނާއަށް ޓަކައި ހެޔޮދުޢާ ކުރާ ޞާލިޙް ދަރިއެއްމެނުވީއެވެ. 

قال رَسُولُ اللَّهِ صَلَّى اللَّه عَلَيْه وَسَلَّمَ : إِنَّ الرَّجُلَ لَتُرْفَعُ دَرَجَتُهُ فِي الْجَنَّةِ فَيَقُولُ أَنَّى هَذَا فَيُقَالُ بِاسْتِغْفَارِ وَلَدِكَ لَكَ . رواه ابن ماجة رقم 3660 وهو في صحيح الجامع 1617

ރަސޫލާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ހަދީސްކުރެއްވިއެވެ. ''މީހެއްގެ ދަރަޖަ ސުވަރުގޭގައި ވަރަށް މައްޗަށް އުފުލިގެންދާނެއެވެ. އަދި އެމީހާވެސް (އެކަމާ ހައިރާންވެ) އަހާނެއެވެ. ''އަހަރެންނަށް މިފަދަ މަތިވެރި ދަރަޖައެއް ލިބުނީ ކިހިނެތްތޯއެވެ؟'' އޭނައަށް ބުނެވޭނެތެވެ. ''ތިބާގެ ދަރިފުޅު ތިބާގެ ފާފަފުއްސަވާތޯ ކުރި ދުޢާގެސަބަބުންނެވެ.''

 

މަރުވެފައިވާ ފަރާތުގެ ބަދަލުގައި އެފަރާތަށް އޭގެ އަޖުރު ފޯރުވުމުގެ ނިޔަތުގައި ސަދަޤާތްކުރުމަކީ ސާބިތުވާކަމެކެވެ.

روت عَائِشَةَ رَضِي اللَّه عَنْهَا أَنَّ رَجُلا قَالَ لِلنَّبِيِّ صَلَّى اللَّه عَلَيْهِ وَسَلَّمَ إِنَّ أُمِّي افْتُلِتَتْ نَفْسُهَا ( أي ماتت ) وَأَظُنُّهَا لَوْ تَكَلَّمَتْ تَصَدَّقَتْ فَهَلْ لَهَا أَجْرٌ إِنْ تَصَدَّقْتُ عَنْهَا قَالَ : نَعَمْ . رواه البخاري : فتح 1388

އުއްމުލް މުއުމިނީން ޢާއިޝާ رَضِي اللَّه عَنْهَا ރިވާކުރެއްވިއެވެ. މީހަކު އައިސް ރަސޫލާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ އަރިހުގައި ދެންނެވިއެވެ. ''އަހަރެންގެ މަންމަ ނިޔާވެއްޖެއެވެ. ތިމަންނަގެ މައިކަމަނާ ވާހަކަދެކެވުނުނަމަ، އެކަމަނާގެ މުދަލުން ޞަދަޤާތްކުރީހެވެ. މިއަދު އަހަރެން (މަންމަގެ މަތިން) ޞަދަޤާތް ކޮށްފިނަމަ، އެކަމުގެ އަޖުރު މަންމައަށް ލިބޭނެ ހެއްޔެވެ؟'' ރަސޫލާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ހަދީސްކުރެއްވިއެވެ. ''އާނއެކެވެ.''

 

 

 

 

مَّثَلُ الَّذِينَ يُنفِقُونَ أَمْوَالَهُمْ فِي سَبِيلِ اللَّـهِ كَمَثَلِ حَبَّةٍ أَنبَتَتْ سَبْعَ سَنَابِلَ فِي كُلِّ سُنبُلَةٍ مِّائَةُ حَبَّةٍ ۗ وَاللَّـهُ يُضَاعِفُ لِمَن يَشَاءُ ۗ وَاللَّـهُ وَاسِعٌ عَلِيمٌ ﴿٢٦١﴾

اللَّه ގެ މަގުގައި، އެއުރެންގެ މުދާ ހޭދަކުރާ މީހުން ހޭދަކުރާ ތަކެތީގެ مثال އީ، ކޮންމެ ކުރާގަނޑެއްގައި ސަތޭކަ އޮށް ހުންނަ ހަތް ކުރާގަނޑު އުފައްދާ އޮށެއްގެ مثال އެވެ. اللَّه އިރާދަކުރައްވާ މީހަކަށް (ثواب) ގިނަގުނަ ކުރައްވައެވެ. އަދި، اللَّه އީ، ތަނަވަސްވަންތަަ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.

ސޫރަތުލް ބަޤަރާ 261)

 

 

http://sunnahonline.com/library/beliefs-and-methodology/83-things-that-benefit-the-dead

https://islamqa.info/ar/763

https://islamqa.info/en/763

https://d1.islamhouse.com/data/en/ih_books/single/en_The_Rulings_of_the_Janazah.pdf

http://binothaimeen.net/content/12727

ޓެގް

ދީން ޖަވާބު ރޯދަ ޒުވާނުން ޤުރުއާން މަރު ޙައްޖު ޝެއިޚް ނަމާދު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.