ރާއްޖޭގެ ޚަބަރު އާނއެކެވެ! ތިޔަ ދީނަކަށް މިރާއްޖޭގައި ފުރުސަތެއް ނެތެވެ.

އާނއެކެވެ! ތިޔަ ދީނަކަށް މިރާއްޖޭގައި ފުރުސަތެއް ނެތެވެ.

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އާނއެކޭ އާނއެކޭ. ތިޔާގައި ދޮގެއް ނެތެވެ. ތިޔަ ބުނަނީ ހަމަރަނގަޅަށޭ. ތިޔަފަތުރަން އުޅޭ ދީނެއް ފަތުރާކަށް މިރާއްޖޭގައި މިނިވަންކަމެއް ނެތެވެ. އެހެންޏާ ފަހެ މީހަކު ހައިރާނެއް ނުވާނެތޯއޭ؟ މިރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ޤައުމެއްކަމަށް ދަޢުވާކުރާތާ ނުވަސަތޭކައެއްހާ އަހަރުވެފައިވާ ޤައުމެކެވެ. މިރާއްޖޭގެ ޤާނޫނު އަސާސީ ބުނާގޮތުން ދިވެއްސަކައްވުމުގެ ޝަރުތެއްކަމުގައި މުސްލިމަކަށްވުން ލާޒިމެވެ.

މިއަދު އަޅުގަނޑުމެންނަށް އިވިގެން މިއުޅޭ ޚަބަރަކީ ދެއުޅި އެއްނުވާ ދީނެއް ފަތުރަން އުޅޭ ޖަމާޢަތަކުން އެދީން ފަތުރަން "ދޮރުން ދޮރަށް" ނުހިނގިގެން އެކަމާ ކަންބޮޑުވެގެން އުޅޭ ޚަބަރެވެ. މިދަންނަވާ ޖަމާޢަތުން ކަންބޮޑުވެގެން އުޅެނީ 'ކްރިސްޓިއަން ދީން' (ނަޞާރާދީން) ނުފެތުރިގެންނެވެ. އެމީހުން ބޭނުންވަނީ ރާއްޖޭގެ ކޮންމެ ގެއެއްގެ ދޮރުން ދޮރަށް ހިނގައިގެން ނަޞާރާދީނަށް ގޮވާލުމުގެ މިނިވަންކަން ލިބިދިނުމަށެވެ. އެމިނިވަންކަން މިރާއްޖޭގައި ނެތަތީ އެމީހުން ކަނބޮޑުވުން ފާޅުކުރަމުންދާއިރު އަޅުގަނޑުގެ ހިތުގައި އުފެދޭ އެހެން ސުވާލެއް އެބައޮތެވެ. އެއީ އެވެރިން ފަތުރަން ބޭނުންވެގެން އުޅޭ ދީނުގެ ދެއުޅި އެއްނުވާކަންމަށްޗަށް އެވެރިން ކަނބޮޑު ނުވޭބާވައެވެ.

ނަޞާރާދީނުގެ މުޤައްދަސް ފޮތް ކަމުގައިވާ 'އޯލްޑް ޓެސްޓަމެންޓް އޮފް ބައިބަލް' ގެ 'ޖެނެސިސް' ގެ 3 ވަނަ އާޔަތުން 5 ވަނަ އާޔަތަށް ކިޔުމުން އެނގޭގޮތުގައި މާތް ރަސްކަލާންގެ ދުނިޔެ އުފެއްދެވި 6 ދުވަސް ކަމަށް ބައިބަލް ބުނާ 6 ދުވަހުގެ ތެރެއިން ފުރަތަމަ ދުވަހު އަނދިރިކަމުގެ ތެރެއިން އަލިކަން ނެރުއްވައި ހެނދުނާއި ހަވީރު ގެންނެވުމަށް މާތްރަސްކަލާނގެ އިރާދަ ކުރައްވައި މިގޮތަށް ހިންމެވިއެވެ. ސައިންސީ ނަޒަރަކުން، އަދި މަންތިގީ ހަމަޔަކުން ބަލާއިރުވެސް ކާއިނާތަށް އަލިކަން ގެނެސްދެނީ އިރުހަނދާ ތަރިތަކެވެ. ދުވާލުގެ އަލިކަން ސީދާ އިރުން ލިއްބައިދޭއިރު ރޭގަނޑުގެ ފަނޑު އަލި ލިއްބައިދެނީ އިރުން ހަނދައް ފޮނުވައިދޭ ދޯދިތަކެއްގެ ޒަރިއްޔާއިންނެވެ.

ކޮންމެއަކަސް މިދެންނެވި ޙަޤީޤަތް މިގޮތުގައި އޮތުމާއެކު އަނެއްކާވެސް އަޅުގަނޑުމެން އެނބުރިލާނީ އިސްވެ ނަންގަތް ފޮތުގެ 14 ވަނަ އާޔަތުން 19 ވަނަ އާޔަތުގެ ނިޔަލަށް ބުނާ އެއްޗަކާ ދިމާލަށެވެ. މިދެމެދުގެ އާޔަތްތައް ކިޔުމުން އަޅުގަނޑުމެންނަށް އެނގި ކަށަވަރުވަނީ މާތް ރަސްކަލާންގެ އިރު ހަނދާއި، ތަރިތައް އުފެއްދެވީ ދުނިޔެ އުފެއްދެވިކަމަށް ބައިބަލް ބުނާ 6 ދުވަހުގެ ތެރެއިން 4 ވަނަ ދުވަހުއެވެ.

ނިކަން ވިސްނަވާބައްލަވާށެވެ. ދުނިޔެ އުފެއްދެވުމުގެ 6 ދުވަހުގެ ތެރެއިން ފުރަތަމަ ދުވަހު އަލިކަމާއި އަނދިރިކަން، ރޭގަނޑާއި ދުވާލު، ހެނދުނާއި ހަވީރު އައިކަމަށް ބުނާ ފޮތުގައި ބަޔާންކޮށްފައިވަނީ ރޭދުވާ އައުމާ އެ ތަކުރާރުވުމުގެ ސަބަބު ކަމަށް މަނތިގު، އަދި ސައިންސް ބުނެދޭ އިރުހަނދާ ތަރިތައް މާތް ރަސްކަލާންގެ އުފެއްދެވީ ދުނިޔެ އުފެއްދެވުމުގެ 6 ދުވަހުގެ ތެރެއިން 4 ވަނަ ދުވަހު ކަމެވެ. ބުއްދީގެ ހަމަތަކަށް ކިހާ ނުފެތޭ ވާހަކައެއްތޯއެވެ؟؟

އިލާހީ އިލްހާމާއި މީސްތަކުންގެ އަމިއްލަ ވާހަކަތައް މައްސުނިކޮށް ގަޑުބަޑުކޮށްފައިވާ ނަޞާރާދީނުގެ މުޤައްދަސް ފޮތުގެ ޙާލަތަކީ މިއީއެވެ. މިފަދަ އެތަކެއް މިސާލެއް ލިޔެވިދާނެއެވެ. މިވަރުގެ ދީނަކަށް އަޅުގަނޑުމެންގެ ރާއްޖެގައި ގޮވާ ނުލެވިގެން ކަންބޮޑުވާ ޖަމާއަތެއް އޮތަތީވެ އަޅުގަނޑު ހައިރާންވަމެވެ. މިފެންވަރުގެ ދެއުޅި އެއްނުވާ ދިނަކަށް ދިވެހި ފަސްގަނޑުން ފުރުޞަތު ދިނުމީ އަޅުގަނޑު ރުހޭކަމެއް ނޫނެވެ. ތިބޭފުޅުން ރުހެމުތޯއެވެ؟ އުރައްޕެއް ހުރި އެއްޗެއް ހިފައިގެން ނިކަން އައިސްބަލާށެވެ! އެހެން ނޫންތޯއެވެ؟؟؟

ޓެގް

ލާދީނީ ދިވެހިން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.