ރާއްޖޭގެ ޚަބަރު އުރީދޫއަށް ޝަރީޢާ ކޮމްޕްލަޔަންސް ރޭޓިންގް ދީފި

އުރީދޫއަށް ޝަރީޢާ ކޮމްޕްލަޔަންސް ރޭޓިންގް ދީފި

އުރީދޫއަށް ޝަރީޢާ ކޮމްޕްލަޔަންސް ރޭޓިންގް ދީފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އުރީދޫ މޯލްޑިވްސްއަކީ އިސްލާމީ ޝަރީޢާގެ އުސޫލުތަކާ އެއްގޮތަށް ޚިދުމަތްދޭ ތަނެއްގެ ގޮތުގައި ކަނޑައަޅައި، މޯލްޑިވްސް ސެންޓަރ ފޯރ އިސްލާމިކް ފައިނޭންސް (އެމްސީއައިއެފް)އިން އުރީދޫއަށް ޝަރީޢާ ކޮމްޕްލަޔަންސް ރޭޓިންގް ދީފިއެވެ.

ޝަރީޢާ ކޮމްޕްލަޔަންސް ރޭޓީންގ ދިނުމަށް އެމްސީއައިއެފްއިންވަނީ އުރީދޫ މޯލްޑިވްސް ޝަރީޢާގެ އުސޫލުތަކާ އެއްގޮތަށް އަމަލުކުރަނީ ކިހާވަރަކަށްތޯ ބެލުމަށްޓަކައި ޝަރީޢާ ކޮމްޕްލަޔަންސް ރީސާޗެއް ހަދައިފައެވެ. އެގޮތުން އުރީދޫ މޯލްޑިވްސްގެ މިދިޔަ އަހަރުގެ، އޮޑިޓުކޮށްފައިޥާ މާލީ ހިސާބުތަކާއި އެހެނިހެން މައުލޫމާތުތައް ޗެކްކޮށް، އުރީދޫއިން ޝަރީޢާގެ އުސޫލުތަކަށް ނުފެތޭ ވިޔަފާރިތަކުން ހޯދި އާމްދަނީ އާއި ފައިދާ އާއި، ކުންފުނީގެ ރައުސުލްމާލުގެ އޮނިގަނޑާއި އަދި ކުންފުނީގެ ލިކުއިޑް ރިސޯސްތައް މެނޭޖުކުރާ ގޮތްތައްވަނީ އެމްސީއައިއެފްއިން ބަލާފައެވެ.

އުރީދޫއަށް ޝަރީޢާ ކޮމްޕްލަޔަންސް ރިޕޯޓް ހަވާލުކޮށްފައިވަނީ އިއްޔެއެވެ.

އުރީދޫއަށް ޝަރީޢާ ކޮމްޕްލަޔަންސް ރޭޓީންގ ދީފައިވާއިރު، އުރީދޫ މޯލްޑިވްސް ޕަބްލިކް ލިމިޓެޑް ކުންފުންޏަކަށް ބަދަލުކޮށް، އެކުންފުނީގެ ހިއްސާ ވިއްކުމުގެ މަސައްކަތްތައް މިހާރުދނީ ކުރަމުންނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.