ރާއްޖޭގެ ޚަބަރު އައިލެންޑް އޭވިއޭޝަންގެ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އާދިއްތަ ދުވަހަށް ހަމަވާނެ

އައިލެންޑް އޭވިއޭޝަންގެ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އާދިއްތަ ދުވަހަށް ހަމަވާނެ

އައިލެންޑް އޭވިއޭޝަންގެ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އާދިއްތަ ދުވަހަށް ހަމަވާނެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އައިލެންޑް އޭވިއޭޝަންއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އަންނަ ހަފްތާގެ އާދީއްތަ ދުވަހަށް ހަމަވާނެއެވެ.

އުމުރުން 6 އަހަރުން ދަށުގެ ކުދިންނަށް ބައިވެރިވެވޭ ގޮތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިމުބާރާތް ކުރިއަށް ދާނީ ދެގޮތްޕަކަށް ބަހާލައިގެންނެވެ.

މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް އެކުންފުނީގެ ވެބްސައިޓުންނާއި އެކުންފުނީގެ ކޯޕަރޭޓް ހެޑް އޮފީސްގެ ރިސެޕްޝަނުން ލިބެން ހުންނާނެކަމަށް އެފަރާތުން މައުލޫމާތު ދެއެވެ. ފޯމް ހުށަހެޅުމުގެ އެންމެފަހު ތާރީޚަކީ މިމަހުގެ 14 ވާ އާދީއްތަދުވަހުގެ 14:30 އެވެ.

މިމުބާރާތުގައި ބަލައިގެންނާއި އަދި ހިތުން ކިޔުމުގެ ގޮފިން އެއްވަނަ، ދެވަނަ. ތިންވަނަ ހޮވުމުގެ އިތުރުން ކޮންމެ ގޮތްޕަކުންވެސް އެންމެ މޮޅު 10 ދަރިވަރުން ހޮވުމަށް ހަމަޖެހިފައިވާކަމަށް އެފަރާތުން ހާމަކުރެއެވެ.

މިއީ އައިލެންޑް އޭވިއޭޝަނުން މިފަދަ މުބާރާތެއް ބާއްވާ ފުރަތަމަ ފަހަރެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.