އާސަހަރާގައި އަލުން މީހުން ވަޅުލަން ފަށާގޮތަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްއިން ހަމަޖައްސައިފިއެވެ.
މިކަމާއި ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީން ބުނީ މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ރޭ ދަންވަރު 12 އިން ފެށިގެން މާލޭގެ އާސަހަރާގައި ވަޅުލާގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.
އިސްލާމިކް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން އާސަހަރާގައި ވަޅުލާ ގޮތަށް ނިންމީ އަންނަ ރޯދަމަހާ ގުޅިގެން، ރައްޔިތުންނަށް ލުއި ފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުމުގެ ގޮތުން ކަމަށާއި އަދި ރޯދައިގެ ފަހުން ވެސް މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގައި މަރުވާ މީހުން ވަޅުލާނީ މާލޭގެ އާސަހަރާގައި ކަމަށެވެ.
މިދިޔަ މަހުގެ އެކަކުން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ވަޅުލަމުން އައީ ހުޅުމާލޭގެ ގަބުރުސްތާނުގަ އެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...