ރާއްޖޭގެ ޚަބަރު ހައްޖަށް މީހުން ގެންދިއުމަށް 16 ކުންފުންޏަކުން ކުރިމަތިލައިފި

ހައްޖަށް މީހުން ގެންދިއުމަށް 16 ކުންފުންޏަކުން ކުރިމަތިލައިފި

ހައްޖަށް މީހުން ގެންދިއުމަށް 16 ކުންފުންޏަކުން ކުރިމަތިލައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރާއްޖެ އިން މި އަހަރު މީހުން ހައްޖަށް ގެންދަން 16 ކުންފުންޏަކުން ކުރިމަތިލާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

މިކަމާއި ގުޅޭގޮތުން އެމިނިސްޓްރީއިން ހާމަކޮށްފައިވާ ގޮތުގައި ހައްޖަށް މީހުން ގެންދިޔުމަށް ކުރިމަތިލީ 16 ފަރާތަކުން ކަމަށާއި އެ ފަރާތްތަކުގެ ބިޑްތައް އިވެލުއޭޓް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެއަށްފަހު، ހުއްދަ ދޭނީ ކޮންކުންފުނި ތަކަކަށްތޯ ކަނޑައަޅާނެ އެވެ. ކުންފުނިތައް ހޮވުމަށް ފަހު، ކުންފުނިތަކުން ހުށަހެޅި ޕްރޮޕޯސަލްތަކާއި މާކްސް ލިބުނު ގޮތުގެ ތަފްސީލް އެ މިނިސްޓްރީގެ ވެބްސައިޓުގައި މިދިޔަ އަހަރު އާއްމުކޮށްފައިވެ އެވެ.

ހައްޖު ކޯޕަރޭޝަންފިޔަވައި، ހައްޖަށް މީހުން ގެންދަން މިދިޔަ އަހަރު ހުއްދަ ދިނީ ފަސް ކުންފުންޏަކަށެވެ. އަދި އެއިން ކޮންމެ ކުންފުންޏަކަށް ލިބުނީ 200 ޖާގަ އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.