ރާއްޖޭގެ ޚަބަރު އަޞްރުގެ ނަމާދު ވޯރކްޝޮޕުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

އަޞްރުގެ ނަމާދު ވޯރކްޝޮޕުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

އަޞްރުގެ ނަމާދު ވޯރކްޝޮޕުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އަލް އަޞްރުގެ ފަރާތުން ކުރިއަށް ގެންދާ "ލޯ ތަކުގެ ފިނިކަން" ނަމާދު ވޯރކްޝޮޕްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މިކަމާއި ގުޅޭގޮތުން އެޖަމިއްޔާއިން ހާމަކޮށްފައިވާ ގޮތުގައި މިމަހުގެ 12 އަދި 13 ވަނަ ދުވަހު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "ލޯ ތަކުގެ ފިނިކަން" ނަމާދު ވޯރކްޝޮޕްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށާއި މިވޯރކްޝޮޕްގައި ދެޖިންސްގެ ބޭފުޅުންނަށްވެސް ބައިވެރިވެވޭނެ ކަމަށެވެ.

ވޯރކްޝޮޕްގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ފުރިހަމަ ނަމާއި، ގުޅޭނެ ނަންބަރާއި މިހާރު ދިރިއުޅޭ ގޭގެ ނަމުގެ އިތުރުން އީމެއިލް އައިޑީއާއެކު 7925277 ނަންބަރަށް އެސްއެމްއެސް ނުވަތަ ވައިބަރއިން މެސެޖް ކުރުމުން ރަޖިސްޓްރީވުމުގެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.

އައްޝައިޚް އާދަމް ޝަމީމް ކިޔަވައިދެއްވާ މިވޯރކްޝޮޕްގައި ބައިވެރިވާ ފަރާތްތަކަށް ނޯޓްސްއާއި ނަމާދާއި ގުޅޭ ފޮތެއް ފޯރުކޮށްދެވޭނެއެވެ. އަދި ވޯރކޮޝޮޕްގެ ތެރެއިން ސުވާލު ކުރުމުގެ ފުރުޞަތުތައްވެސް ލިބިގެން ދާނެއެވެ.

މިއީ ނަމާދުގެ މުހިއްމުކަމާއި ނަމާދުކުރާނެ ޞައްހަގޮތް ބަޔާންކޮށްދީ ނަމާދުން ލިބިދޭ ފައިދާތައް އުނގަންނައި ދިނުމަށް ސިލްސިލާކޮށް އެޖަމިއްޔާގެ ފަރާތުން ކުރިއަށްގެންދާ ވޯރކްޝޮޕެކެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.