ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއިން ޖޫންމަހު ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
އިސްލާމީ ޔުނިވަރސިޓީއިން ޖޫންމަހު ސެޓްފިކެޓް ލެވެލް 1 ން ފެށިގެން މާސްޓާރސްއާއި ހަމައަށް ޖުމްލަ 31 ކޯހަކުން 1240 ޖާގައަށް ކުރިމަތިލުމުގެ ފުރުޞަތުވަނީ ހުޅުވާލާފައެވެ.
ކޯސްތަކާއިބެހޭ މަައުލޫމާތު ޔުނިވަރސިޓީގެ ނޯޓިސްބޯޑާއި ވެބްސައިޓުން ލިބެންހުންނާނެކަމަށް އެފަރާތުން ހާމަކުރެއެވެ. އަދި ކޯހަށް ވަނުމަށް އެދޭ ފޯމް ޔުނިވަރސިޓީގެ ރިސެޕްޝަނާއި ވެބްސައިޓުން ލިބެން ހުންނާނެކަމަށްވެސް އެފަރާތުން ހާމަކުރެއެވެ.
ކޯސްތަކަށް އެދި ފޯމް ހުށަހެޅުމުގެ އެންމެފަހު ތާރީޚަކީ ޖޫން މަހުގެ އެއްވަނަ ދުވަހެއެވެ. ކޯސްތަކަށް ވަނުމަށްއެދޭ ފޯމް ފުރިހަމަކުރުމަށްފަހު ހުށަހަޅަންޖެހެނީ ޔުނިވަރސިޓީގެ ރިސެޕްޝަނަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...