ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއިން މިއަހަރުގެ ދެވަނަ ސެމިސްޓަރގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކަށް ފޯމް ހުށަހެޅުމުގެ ފުރުޞަތު އަންނަ އަންގާރަ ދުވަހު ހުޅުވާލާނެއެވެ.
މިކަމާއި ގުޅޭގޮތުން އެޔުނިވަރސިޓީއިން އާއްމުކޮށްފައިވާ އިޢުލާނެއްގައިވަނީ 2017 ވަނަ އަހަރުގެ ޖުލައިމަހު ޔުނިވަރސިޓީއިން ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކަށް ފޯމް ހުށަހެޅުމުގެ ފުރުޞަތު މިމަހުގެ 18 ވާ އަންގާރަދުވަހު ހުޅުވާލާނެ ކަމަށެވެ. އަދި ކޯސްތަކާއި ގުޅޭ މައުލޫމާތާއި ކޯހަށް ވަނުމަށް އެދޭ ފޯމް ޔުނިވަރސިޓީގެ ދަރިވަރުންގެ ޚިދުމަތްތަކާއި ބެހޭބައިންނާއި ޔުނިވަރސިޓީގެ ވެބްސައިޓުން ލިބެންހުންނާނެ ކަމަށެވެ.
މިފަހަރުގެ އިންޓޭކުގައި ޔުނިވަރސިޓީއިންވަނީ ފައުންޑޭޝަންއިން ފެށިގެން މާސްޓަރސްއާއި ހަމައަށް ޖުމްލަ 65 ކޯހަކުން 3231 ޖާގައަށް ކުރިމަތި ލުމުގެ ފުރުޞަތު ހުޅުވާލާފައެވެ. އެއީ:
- އެޑިއުކޭޝަންގެ ދާއިރާއިން 11 ކޯހަކުން 455 ޖާގަ
- އިންޖިނިއަރިންގގެ ދާއިރާއިން 5 ކޯހަކުން 136 ޖާގަ
- ހެލްތް ސައިންސްގެ ދާއިރާއިން 13 ކޯހަކުން 475 ޖާގަ
- ޓުއަރިޒަމް އަދި ހޮސްޕިޓަލިޓީ ދާއިރާއިން 11 ކޯހަކުން 315 ޖާގަ
- އިސްލާމިކް ސްޓަޑީޒްގެ ދާއިރާއިން 2 ކޯހަކުން 210 ޖާގަ
- ސައިންސްގެ ދާއިރާއިން 2 ކޯހަކުން 70 ޖާގަ
- ޝަރީޢަތާއި ޤާނޫނުގެ ދާއިރާއިން 2 ކޯހަކުން 105 ޖާގަ
- ވިޔަފާރިއާއި ގުޅުންހުރި ދާއިރާތަކުން 8 ކޯހަކުން 345 ޖާގަ
- ކަނޑުދަތުރުފަތުރާއި ގުޅޭ ދާއިރާއިން 3 ކޯހަކުން 90 ޖާގަ
- އޯޕަން ލާރނިންގެ 4 ކޯހަކުން 650 ޖާގަ
- ފައުންޑޭޝަން ލެވެލްގެ 4 ކޯހަކުން 380 ޖާގަ
ފޯމްތައް ބަލައިގަތުން ކުރިއަށްދާނީ ހެނދުނު އަށަކުން މެންދުރު އެކަކަށެވެ. ކޯސްތަކަށް އެދި ފޯމް ހުށަހެޅުމުގެ އެންމެފަހު ތާރީހަކީ ޖޫން މަހުގެ 15 ވަނަ ދުވަހެވެ. ޔުނިވަރސިޓީގެ މަރުކަޒީ އިދާރާއިންނާއި އަތޮޅުތެރޭގެ ކެމްޕަސްތަކުން ފޯމް ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވާއިރު ޔުނިވަރސިޓީގެ ކޯސްތަކަށް ޖާގަދެމުން އަންނަނީ ފޯމްލާ ތަރުތީބުން އެކޯހަކަށް ކަނޑައެޅިފައިވާ ޖާގަ ހަމަވަންދެންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...