ރާއްޖޭގެ ޚަބަރު ޕީސްފައުންޑޭޝަންގެ "ނަމޫނާ މުދައްރިސް" ވޯރކްޝޮޕް ފުވައްމުލަކުގައި

ޕީސްފައުންޑޭޝަންގެ "ނަމޫނާ މުދައްރިސް" ވޯރކްޝޮޕް ފުވައްމުލަކުގައި

ޕީސްފައުންޑޭޝަންގެ "ނަމޫނާ މުދައްރިސް" ވޯރކްޝޮޕް ފުވައްމުލަކުގައި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޕީސްފައުންޑޭޝަންގެ ފަރާތުން ކުރިއަށްގެންދާ "ނަމޫނާ މުދައްރިސް" ވޯރކްޝޮޕް ފުވައްމުލަކުގައި ފަށައިގެން ކުރިއަށް އެބަދެއެވެ.

ޕީސްފައުންޑޭޝަންގެ ފަރާތުން ދިއިސްލާމަށް މައުލޫމާތު ދެއްވަމުން މުހައްމަދު ޞަބާހް ވިދާޅުވީ ފުވައްމުލަކުގެ ގާޑިއަން އެސޯސިއޭޝަނާއި ގުޅިގެން ފުވައްމުލަކުގައި "ނަމޫނާ މުދައްރިސް" ވޯރކްޝޮޕް ހުކުރު ދުވަހު ފެށިގެން ކުރިއަށްދާ ކަމަށާއި ވޯރކްޝޮޕަށް ފުވައްމުލަކުން ވަރަށް ބޮޑު ތަރުހީބެއް ލިބެމުންދާކަމަށެވެ. ޞަބާހް ވިދާޅުވީ މިވޯރކްޝޮޕްގައި ފުވައްމުލަކުގެ ހަތް ސްކޫލަކުން 35 މުދަަައްރިސުން ބައިވެރިވެފައިވާ ކަމަށެވެ.

ފުވައްމުލަކު ހާފިޒް އަހުމަދު ސްކޫލްގައި ކުރިއަށްދާ މިވޯރކްޝޮޕްގައި ކިޔަވައިދެއްވަނީ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒްގެ ޑީން އައްޝައިޚް އަލީ ޒާހިރު ބިން ސައީދު ޤާސިމްއާއި ޤައުމީ ޔުނިވަރސިޓީގެ ލެކްޗަރަރ އެއްކަމުގައިވާ މުހައްމަދު ޝުޖާއުއެވެ.

"ނަމޫނާ މުދައްރިސް" ވޯރކްޝޮޕް މިއަހަރު ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި ކުރިއަށް ގެންދިޔުމަށް ނިންމާފައިވާކަމަށް ޕީސްފައުންޑޭޝަންއިން ހާމަކުރެއެވެ. އެއީ ފުވައްމުލަކުގެ އިތުރުން މާލެ ސިޓީ، އައްޑޫ ސިޓީ، އަދި ނ އަތޮޅުގައެވެ.

ޞަބާހް އިތުރަށް ވިދާޅުވީ މިހަރަކާތުގެ މެއިން ސްޕޮންސަރ ތިލަފުށި ކޯޕަރޭޝަންއަށާއި ޓްރެވެލިންގ ޕާޓްނަރ މޯލްޑިވިއަންއަށް ވަރަށް ހާއްސަ ޝުކުރެއް އަދާކުރާ ކަމަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.