ރާއްޖޭގެ ޚަބަރު ހަނގުރާމައަށް ފޮނުވާ ޖަމާއަތެއް ރާއްޖޭގައި ނެތް، ދީނީ ގޮތުން ހަރުކަށި ފިކުރުތައްހުރި ރަށްތައް ދެނެގަނެވިއްޖެ: މިނިސްޓަރ

ހަނގުރާމައަށް ފޮނުވާ ޖަމާއަތެއް ރާއްޖޭގައި ނެތް، ދީނީ ގޮތުން ހަރުކަށި ފިކުރުތައްހުރި ރަށްތައް ދެނެގަނެވިއްޖެ: މިނިސްޓަރ

ހަނގުރާމައަށް ފޮނުވާ ޖަމާއަތެއް ރާއްޖޭގައި ނެތް، ދީނީ ގޮތުން ހަރުކަށި ފިކުރުތައްހުރި ރަށްތައް ދެނެގަނެވިއްޖެ: މިނިސްޓަރ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ދިވެހިން ހަނގުރާމައަށް ފޮނުވާ ޖަމާއަތެއް ރާއްޖޭގައި ނެތްކަމަށާއި ދީނި ގޮތުން ހަރުކަށި ފިކުރުތައް ފެތުރިފައި ހުރި ރަށްތަކާއި މުޖުތަމައުތައް ވަރަށް ރަނގަޅަށް ދެނެގަނެވިފައިވާ ކަމަށް ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ޑިފެންސް މިނިސްޓަރ މިފަދައިން ވިދާޅުވެފައިވަނީ ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރުން ހެދި ރާއްޖޭގައި ހައްދުފަހަނަ އަޅުމާ ބެހޭ ބޭސްލައިން ސްޓަޑީއާ ބެހޭ ގޮތުން މީޑިއާތަކަށް މައުލޫމާތު ދެއްވުމަށް މިއަދު ބޭއްވި ހަފްލާ ވާހަދައްކަވަމުންނެވެ.

ޑިފެންސް މިނިސްޓަރ ވިދާޅުވީ ދީނީ ހައްދު ފަހަނަ އެޅުމުގެ ފިކުރު ކުރިއަރުވާ ބޭރުގެ ގައުމުތަކަށް ދިވެހިން ހަނގުރާމައަށް ފޮނުވާ ޖަމާއަތެއް ރާއްޖޭގައި ނޫޅޭ ކަމަށާއި ރާއްޖޭގައި ދީނި ގޮތުން ހަރުކަށި ފިކުރުތައް ފެތުރިފައި ހުރި ރަށްތަކާއި މުޖުތަމައުތައް ވަރަށް ރަނގަޅަށް ދެނެގަނެވިފައިވާ ކަމަށެވެ. އަދި އަދި އެ މައުލޫމާތުތައް ކަމާ ބެހޭ ފަރާތްތަކާ ހިއްސާކޮށް އެކަށީގެންވާ ފިޔަވަޅުތައް އަޅަމުން އަންނަ މިނިސްޓަރ ވިދާޅުވިއެވެ.

ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރުން ހެދި ރާއްޖޭގައި ހައްދުފަހަނަ އަޅުމާ ބެހޭ ބޭސްލައިން ސްޓަޑީގައިވާ ގޮތުން ހައްދު ފަހަނަ އަޅާ ގޮސްފައިވާ މީހެއްގެ ކިބައިން ފެންނަ ސިފަތަކުގެ ތެރޭގައި އެމީހަކު ދީނީ ގޮތުން ގަބޫލު ކުރާގޮތް ފިޔަވާ އެހެން ގޮތަކަށް ނަޒަރު ހިންގުމުގެ ފުރުސަތު ނުދިނުމާއި، އެމީހަކު ގަބޫލު ކުރާ ގޮތަށް ތަބާ ނުވާ އެންމެންނަކީ މަގުފުރެދިފައިވާ މީހެއް ގޮތުގައި ދެކުމާއި، ކުފުރު ކުރުން ފަދަ ކުށް މީހުންގެ ބޮލުގައި އެޅުން އަދި ހިޖުރަ ކުރުމަށް ގޮވާލާ ފަރާތްތަށް ހިމެނޭ ކަމަށް ފާހަގަކޮށްފައިވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.