އެމްޓީސީސީއިން ވިއްކާ "ސްކޮޓް ބާޑާ" ބްރޭންޑުގެ ރެސިން އިން 10 ޕަސެންޓު ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް އިއްޔެ ފަށައިފި އެވެ.
މިޕްރޮމޯޝަން ފެށުމުގެ ގޮތުން އެމްޓީސީސީގައި "ކަށަވަރު ޝޯ ރޫމް" ގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު އަހުމަދު އަދުހަމް ވިދާޅުވީ މިމަހުގެ ނިޔަލަށް ކުރިއަށް ގެންދާ ޕްރޮމޯޝަންގައި 10 ޕަސެންޓް ޑިސްކައުންޓް ލިބޭނެ ކަމަށެވެ.
މި ޕްރޮމޯޝަން ފެށުމާއެކު މިހާރު ރެސިން ފީފާއެއް 10،800ރ. އަށް ލިބޭނެއެވެ.
އެމްޓީސީސީ އަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި އޮޑި ދޯނިފަހަރަށް ބޭނުންވާ ސާމާނާއި އެފަދަ ތަކެތީގެ ވިޔަފާރި ކުރާ އެންމެ ބޮޑު އެއް ކުންފުންޏެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...