ރާއްޖޭގެ ޚަބަރު ހައްޖު ކޯޕަރޭޝަންގެ ކަލްޗަރަލް ޓުއަރގައި ރަޖިސްޓްރީވުމުގެ ފުރުޞަތު ހުޅުވާލައިފި

ހައްޖު ކޯޕަރޭޝަންގެ ކަލްޗަރަލް ޓުއަރގައި ރަޖިސްޓްރީވުމުގެ ފުރުޞަތު ހުޅުވާލައިފި

ހައްޖު ކޯޕަރޭޝަންގެ ކަލްޗަރަލް ޓުއަރގައި ރަޖިސްޓްރީވުމުގެ ފުރުޞަތު ހުޅުވާލައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މޯލްޑިވްސް ހައްޖު ކޯޕަރޭޝަންއިން މިއަހަރުގެ ޑިސެމްބަރމަހު ދިއުމަށް ހަމަޖެހިފައިވާ ކަލްޗަރަލް ޓުއަރގައި ރަޖިސްޓްރީ ވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މިދަތުރާއި ގުޅޭގޮތުން އެ ކޯޕަރޭޝަނުން ހާމަކުރިގޮތުގައި މި ދަތުރުގައި ސަޢޫދީ ޢަރަބިއްޔާއާއި، އުރުދުން، ފަލަސްޠީން އަދި މިސްރަށް ޒިޔާރަތްކުރާނެއެވެ. އަދި މި ޤައުމުތަކުގައި ހުންނަ މުހިއްމު ތާރީޚީ އަދި ސަޤާފީ ތަންތަން ބަލާލުމުގެ ފުރުޞަތުވެސް ލިބޭނެކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެއެވެ.

މި ދަތުރަށް ފައިސާދެއްކުމަށް 3 ޕެކޭޖެއް ހައްޖު ކޯޕަރޭޝަނުން އެކުލަވާލާފައިވާއިރު ފުރަތަމަ ޕެކޭޖް ފިޔަވާ ދެން އޮތް އަނެއް 2 ޕެކޭޖުން އުމްރާކުރުމުގެ ފުރުޞަތުވެސް ލިބިގެންދާނެކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެއެވެ.

ހައްޖު ކޯޕަރޭޝަނުން ބުނީ މި ދަތުރުތަކަށް އެކޯޕަރޭޝަނުންނާއި އިސްލާމިކް ބޭންކުގެ ބްރާންޗްތަކުގެ އިތުރުން އޮންލައިން ޕޯޓަލް މެދުވެރިކޮށްވެސް ރަޖިސްޓްރީކޮށް ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖެހިފައިވާކަމަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.