ރާއްޖޭގެ ޚަބަރު އެމްއެންޔޫ އެސްޔޫ ޤުރުއާން މުބާރާތް ބާއްވައިފި

އެމްއެންޔޫ އެސްޔޫ ޤުރުއާން މުބާރާތް ބާއްވައިފި

އެމްއެންޔޫ އެސްޔޫ ޤުރުއާން މުބާރާތް ބާއްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ ހަތަރުވަނަ ޤުރުއާން މުބާރާތް ބާއްވައިފިއެވެ.

ޔޫނިއަންގެ ފަރާތުން ދިއިސްލާމަށް މައުލޫމާތު ދެއްވަމުން ޔޫނިއަންގެ ނައިބް ރައީސް ޝާފިއު އަހުމަދު ވިދާޅުވީ ޔުނިވަރސިޓީގައި ތައުލީމް ހާސިލްކުރަމުންގެންދާ ދަރިވަރުންނަށް ހުޅުވާލައިގެން ޤުރުއާން މުބާރާތެއް ބާއްވާފައިވާ ކަމަށާއި އިއްޔެވަނީ މުބާރާތުގެ ކިޔެވުން ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

ޝާފިއު އިތުރަށް ވިދާޅުވީ މިމުބާރާތުގައި ޔުނިވަރސިޓީގައި ކިޔަވަމުންދާ 40 ދަރިވަރުން ބައިވެރިވެފައިވާ ކަމަށާއި މިއީ ޔޫނިއަންއިން މިމުބާރާތް ކުރިއަށް ގެންދިޔަ ހަތަރުވަނަ ފަހަރު ކަމަށެވެ.

ދަރިވަރުންގެ ހިތުގައި ޤުރުއާނަށް ލޯބި ޖައްސާ ޤުރުއާން ތަޖުވީދުމަގަށް ކިޔެވުމުގެ ފަންނު ކުދިންގެ ކިބައިގައި އަށަގަންނެވުމުގެ މަޤްޞަދުގައި ކުރިއަށް ގެންދިޔަ މިމުބާރާތް ކުރިއަށް ގެންދިޔައީ ބަލައިގެން އަދި ހިތުން ކިޔެވުމުގެ ބަޔަށް ބަހާލައިގެންނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.