ރާއްޖޭގެ ޚަބަރު ބަހުޡް މުބާރާތުގައި ރާއްޖޭގެ ދެޔުނިވަރސިޓީވެސް ފުރަތަމަ ބަހުޡްއިން ބަލިވެއްޖެ

ބަހުޡް މުބާރާތުގައި ރާއްޖޭގެ ދެޔުނިވަރސިޓީވެސް ފުރަތަމަ ބަހުޡްއިން ބަލިވެއްޖެ

ބަހުޡް މުބާރާތުގައި ރާއްޖޭގެ ދެޔުނިވަރސިޓީވެސް ފުރަތަމަ ބަހުޡްއިން ބަލިވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޤަތަރުގެ ވެރިރަށް ދޯހާގައި ކުރިއަށްދާ ބައިނަލްއަޤްވާމީ ބަހުޡް މުބާރާތުގައި ރާއްޖޭގެ ދެޔުނިވަރސިޓީއިންވެސް ކުރި ފުރަތަމަ ބަހުޡްއިން ބަލިވެއްޖެއެވެ.

އެގޮތުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޓީމް އިންޑޮނޭޝިއާގެ އިސްލާމިކް ޔުނިވަރސިޓީއާ ބައްދަލުކުރި ބަހުޡް ކާމިޔާބުކުރީ އިންޑޮނޭޝިޔާގެ އިސްލާމިކް ޔުނިވަރސިޓީއެވެ. ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީއާއި ބުރުނާއީގެ ޔުނިވަރސިޓީއެއް ބައްދަލުކުރި ބަހުޡްވެސް ކާމިޔާބުކުރީ ބުރުނާއީގެ ޔުނިވަރސިޓީއިންނެވެ.

މިމުބާރާތުގައި ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީއާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީވެސް ބައްދަލުކުރަންޖެހުނެވެ. މިބަހުޡް ކާމިޔާބުކުރީ އިސްލާމިކް ޔުނިވަރސިޓީގެ ޓީމުންނެވެ.

މިމުބާރާތުގައި މިއަދުވެސް ދިވެހިރާއްޖެއިން ބައިވެރިވި ދެޔުުނިވަރސިޓީއިންވެސް ތިން ބަހުޡް ކުރުމަށްވަނީ ހަމަޖެހިފައެވެ.

މިމުބާރާތް ކުރިއަށްދާނީ މިމަހުގެ 6 ން 12 އަށް ޤަތަރުގެ ވެރިރަށް ދޯހާގައި ހުންނަ ހަމަދު ބިން ޚަލީފާ ޔުނިވަރސިޓީގައެވެ.

މިމުބާރާތުގައި ދުނިޔޭގެ 71 ޔުނިވަރސިޓީއަކުން 86 އަށްވުރެ ގިނަ ޓީމުތަކުން ވާދަކުރާނެއެވެ.

މިއީ ޢަރަބި ބަސް ކުރިއެރުވުމަށާއި، ވާދަވެރި މާޙައުލެއްގައި ބަހުސްކޮށް ޚިޔާލު ބަދަލުކުރުމުގެ ފުރުޞަތު ފަހިކުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ މުބާރާތެކެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.