ރާއްޖޭގެ ޚަބަރު ޖަމިއްޔަތުއް ސަލަފްއިން ތ އަތޮޅުގައި ދީނީ ދަރުސްތަކެއް ކުރިއަށް ގެންގޮސްފި

ޖަމިއްޔަތުއް ސަލަފްއިން ތ އަތޮޅުގައި ދީނީ ދަރުސްތަކެއް ކުރިއަށް ގެންގޮސްފި

ޖަމިއްޔަތުއް ސަލަފްއިން ތ އަތޮޅުގައި ދީނީ ދަރުސްތަކެއް ކުރިއަށް ގެންގޮސްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޖަމިއްޔަތުއް ސަލަފްއާއި ތ ގުރައިދޫ އިސްލާމިކް އެސޯސިއޭޝަން އޮފް ގުރައިދޫ ގުޅިގެން ތ އަތޮޅުގައި ދީނީ ދަރުސްތަކެއް ކުރިއަށް ގެންގޮސްފިއެވެ.

ސަލަފްގެ "ހަފްތާ ބަންދު ދަރުސް" ނަމުގައި ކުރިއަށް ގެންދިޔަ މިދަރުސްތައް ފަށާފައިވަނީ އޭޕްރީލް 6 ވަނަ ދުވަހުއެވެ. އެގޮތުން ތ އަތޮޅު ގުރައިދޫ، ދިޔަމިގިލި އަދި ގާދިއްފުށީގައި ދަރުސްތައް ކުރިއަށް ގެންގޮސްފައި ވެއެވެ.

ދަތުރުގެ އުސްއަލިތައް:
- ގާދިއްފުށި މަސްޖިދުލް އުސްމާން ބިން އައްފާންގައި ދަރުހެއް ކުރިއަށް ގެންދެވުނު
- ތ އަތޮޅު މަދަރުސާގެ ގްރޭޑް 1 ން 12 ގެ ދަރިވަރުންނަށް ނަމާދު ވޯރކްޝޮޕެއް ކުރިއަށް ގެންދެވުނު
- ގުރައިދޫ މަސްޖިދުލް ސަމާހަތުގައި އެކި ނަމާދު ވަގުތުތަކަށްފަހު ދަރުސްތައް ކުރިއަށް ގެންދެވުނު
- ދިޔަމިގިލި ސްކޫލްގައި އެރަށު ރައްޔިތުންނަށް ހާއްސަކޮށް ދަރުހެއް ކުރިއަށް ގެންދެވުނު
- ގުރައިދޫ މަސްޖިދުލް ތަޢާވުންގައި ނަމާދު ވަގުތަށްފަހު ދަރުސް ކުރިއަށް ގެންދެވުނު
- ގުރައިދޫގައި "ދެމަފިރިންގެ ހައްޤުތައް" ނަމުގައި ދަރުހެއް ކުރިއަށް ގެންދެވުނު

މިދަތުރުގައި ޖަމިއްޔަތުއް ސަލަފްގެ ފަރާތުން އައްޝައިޚް އަބްދުއްސަލާމް ދާއޫދާއި އައްޝައިޚް މުހައްމަދު ޝިނާން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިދަރުސްތައް ކުރިއަށް ގެންދިޔުމަށް ތ ގުރައިދޫ ކައުންސިލްއާއި އިސްލާމިކް އެސޯސިއޭޝަން ފޮރ ގުރައިދޫ ޖަމިއްޔާއިން ދެއްވި މެހްމާންދާރީއާއި އެއްބާރުލެއްވުމަށް ޖަމިއްޔަތުއް ސަލަފްގެ ފަރާތުން ވަރަށް އިޚްލާސްތެރިކަމާއެކު ޝުކުރުއަދާކުރާކަމަށް ހާމަކޮށްފައިވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.