ސައިންސާއި ޓެކް އިޖްތިމާއީ ގުޅުން، އިޖްތިމާއީ މައްސަލައަކަށް

އިޖްތިމާއީ ގުޅުން، އިޖްތިމާއީ މައްސަލައަކަށް

އިޖްތިމާއީ ގުޅުން، އިޖްތިމާއީ މައްސަލައަކަށް

ކިޔާލަން ހޭދަވާނީ 4 މިނިޓް

ފޮންޓް ސައިޒް

ފޭސްބުކް %14.2 . މައިސްޕޭސް 9.9% . ޓްވިޓާރ 2.3 % މި ފާއިތުވެދިޔަ އަހަރުގެ އޯޕެންޑީއެންއެސްގެ ރިޕޯރޓްގެ ނަތީޖާއެވެ. ވިޔަފާރި އޮފިސްތަކުން ނާއި އާންމު ގޭބީސީ ތަކުން ނުވަދެވޭ

ގޮތަށް އެންމެގިނައިން  ހަދާފައިވާ ސައިޓަކީ ފޭސް ބުކް އެވެ. އެއީ ސަބަބު ތަކެއް ނެތިއެއް ނޫނެވެ.

ވަރިތަށް ދަނީ އިންތިހާއަށް ގިނަވަމުން ނެވެ. ހަނގުރާމަތަށް ކުރެވެމުން ދަނީ އިންތިހާ އަށެވެ. ޖަރިމާތަށް ހިންގަނީ މަދެއްކޮށެ ނޫނެވެ. މީހުންގެ ނެތިމޮށުމާއި  ދޭދޭމީހުންގެ ފޮޓޯލައިގެން ކޮމެންޓް ކޮއްކޮއްތިބުން އެއީ އުފަލެއްކަމުގައި ދެކެއެވެ،  ބޮޑެތި ދަނޑުތަކާއި ސިޓީތަށް (ސިޓީވިލް، ފާރމްވިލް) ހެދުމުގައި ވަގުތު ފާއިތުކުރަމުން ދާއިރު ކުރަންޖެހޭ ކަންތައްތަކެއް ހުރިކަމެއް ހަނދާނެއްނެތެވެ. އިޝްޤީ ދުނިޔެއަށް ފޭސްބުކް މެދުވެރިކޮށް ފުންމާލެވޭއިރު އެއީ ކާކުކަމެއް ނޭންގެއެވެ. ހެއްދެވިހާ ވާހަކައެއް ދެއްކުމަށް ފަހު ވާނުވާ ބަލާލާއިރު އޮންނަނީ ހަތަރެސްކަން ހަމަވެފައެވެ. ޕްރޮފައިލް އަށް މާބޮޑަށް އިތުބާރު ކުރެވެނީ އެވެ. ޕްރޮފައިލް ފޮޓޯގެ އަވާގައި މާއަވަހަށް ޖެހެވެނީއެވެ.  ނަތީޖާތަކުން ވަފާތެރިވާނެކަމުގެ

100% ވެސް ދައްކާތިއެވެ. ރަނގަޅަށް ގަޑިކިޔައިގެން ދާއިރު މިއޮންނަނީ ކޮއްކޮއެއް ނޫނީ އާއިލާމީހެއް ނޫނީ ކޮންމެވެސް ފިރިހެނަކަށް ވެފައެވެ.

އެއްވެސް ހާލަތެއްގައި ފެސްބުކް ގޯހެއްނުކުރަމެވެ. ގޯސްމިކުރަނީ އެއިގެބޭނުން ނަހަމަ ގޮތުގައި ހިފާ މީހުން ނާއި އެއިގެ އަވާގައި ބޭކާރުގޮތުގައި ޖެހޭމީހުންނެވެ. ދެން ފޭސްބުކް ނުވަތަ ސޯސަލް ނެޓްވޯރކް ތަށް ނަހަމަ ގޮތުގައި ބޭނުން ކުރާމީހުންނެވެ. މިފަދަ ސައިޓް ތަކުގައި ތިމާގެ މުހިންމު ވަގުތު ބޭކާރުގޮތުގައި ހޭދަކުރަމުން ދާމީހުންނެވެ.  މި ކުޑަ ކުޑަ ދިވެހި ރާއްޖެއަށް ބަލާލާއިރުވިސް މިކަން ވަރަށް ރީތިކޮން އެންގިގެންދާނެއެވެ.

މިހާރު މި ރާއްޖޭ ގައި ފެންމަތި ވެގެން މިއުޅޭ ބްލެކް މެއިލް ވެސް ފެށިގެން އައީ ފޭސްބުކް އިންނެވެ. މިހާރު ސިޔާސީ ބަޔަކަށް އަމާޒުވެގެން ބޮޑު ކަމަށް ވެގެން އުޅުނަސް އެކަން ފެށިގެން އައީ އިއްޔެއަކު މިޔަދަކު ނޫނެވެ. އެކަން އެކި ފަރާތް ތަކުން ކުރަމުން ފައިދާ ހޯދަމުން ދާތާއެތަކެއް ދުވަސް ވެއްޖެ އެވެ.

ހޭ ވެރިކަން ވާންވީ މިއަދު ހެއްޔެވެ. މިހާރު ޕޮލިހުން އާންމުކޮއްގެން އުޅޭ ޔުސާރ އައިޑީ ފެނިފަ ގައިން ހީބިހި ނަގާނެ މީހުން

ތައް ބައިވަރެ. އެފަދަ މީހުން ގެ އަވައިގައި ޖެހެނީ ބޮލުގައި ތެއްކަމެއް ހަމަ ނެތީމައެވެ. ވިސް ނާށެވެ. އެއްވެސް މީހަކު “އެދުމެއް ނެތި ވެދުމެއް ނުކުރާނެއެވެ”. ކޮންމެ މީހަކުވެސް ރާއްޖެއިން ބޭރުގެ ރީތި ޒުވާނަކާއި ފްރެންޑް ވާން ބޭނުން ވާނެއެވެ. ތިންމަންނަގެ ރައްޓެއްސެއް ފުރާންސްގަ ނޫނީ ޖަރުމަނުގަ ހުރެޔޭ ބުނެލަން ފަހުރުވެރިވާތީ، ހަމަ ބުނާ ބަހަށް ހެއްލެވެނީ އެވެ. ނޫނީ ބޮޑު ވިޔަފާރިއެއްގެ ކުލަވަރު ދައްކާލާނެއެވެ. ވިޔަފާރިފަށަން ބެންކް  އެކައުންޓްވެސް ހުޅުވާނެއެވެ.  މިގުޅުން ދުވަހެއް ދުވަހަކަސް ފުލާވަމުންގޮސް އެންމެ ފަހުން މި ޖެހެވެނީ ބޮޑު ފިރިހެނެއް ނުވަތަ ނުލަފާ ބަޔެއްގެ އަވާގައެވެ. ގޭގައި ތިބޭބަޔަކަށް މުސާރަކޮޅު އެކީގައި ދޭވަރު މިއޮންނަނީ ވެފައެވެ. ކުރިން ދައްކަމުން އައި ފޮނި ވާހަކަތަށް ހުވަފެނަކަށް ބަދަލުވެ ކުރި ހުރިހާކަމެއްގެ ފޮޓޯ ފޮނުވާ އެމީހުންގެ މަޅީ ގައި އޮންނަނީ ރަނގަޅަށް ބެދެވިފައެވެ. އެމަޅިތަކުން ސަލާމަތް ވާނެގޮތެއް ނޯންނާނެއެވެ. ބަރާބަރަށް މުސާރަ ދިނުން ނޫނީ މުޅިން ފަލީހަތްވުން ގާތެވެ.

ސޯސަލް ނެޓްވޯރކް ފޭސްބުކް ފަދަ ސައިޓްތަކުގެ ބޭނުން ވެސް ފައިދާ ހުރިގޮތުގައި ބޭނުން ކުރާނަމަ ގައިން ހީބިހި ނަގާކަށް ނުޖެހޭނެވެ. ރަނގަޅު ރަހްމަތް ތެރިންނާއި އާއިލާމީހުން ނާއި ސެޔާކޮއްލަން ފޭސްބުކް އެއީ ހަމަ މަރެކެވެ. މީހުނަށް އެހީތެރިވުމާއި،ި ދީނަށް ގޮވާލުމާއި އިސްތިހާރުކުރަން ފޭސްބުކް ވަރެއްހަމަ ނެތެވެ. ރާއްޖެ ފަދަ ޖަޒީރާ ގައުމަކަށް ފޭސްބުކް ފަދަ ނެޓްވޯރކް ތަކުގެ މުހިންމުކަން ވަރަށްބޮޑެވެ.  އެގޮތުން ދާދިފަހުން ނިމިގެން ދިޔަ އިންތިހާބްގެ ކަންތަށްތަށް ފާހަގަ ކޮއްލެވެއެވެ. އެމީހަކަށް ލިބިފައިވާ ހިޔާލް ފާޅުކުރުމުގެ މިނިވަންކަން އެއިގެ ފައިދާ ހުރިގޮތުގައި ހިފައިގެން ބޭނުން ކުރާށެވެ. ދުވާލަކު އެއްފަހަރު އާއިލާގެ ހުރިހާ މެންބަރުންނާއި ރައްޓެހިންނާ ދިމާވެ ސަލާން ގަލާން ކޮއްލެވެ އެވެ. އެކެއްގެ ހާލު އަނެކަކަށް އެންގުމަށް ސްޓޭޓަސް އަޕްޑޭޓް ކުރެވެއެވެ. އެންމެނަ ވާނުވާ އިންގެއެވެ. އެކަމަކު އެއީ އެއިގެ ބޭނުން ހެޔޮގޮތުގައި ހިފާނަމައެވެ.

އެހެންވީމާ ހުރިހާ ބޭފުޅުންވެސް ސަމާލުވެލައްވާ ށެވެ. ކޮންމެ ކޮންމެ އެއްޗަކަށް އިތުބާރުނުކުރާށެވެ. ލޮލުގައި އަންދުން އަޅުވާނެ ކިތަންމެ މީހަކު އަންނާނެއެވެ. ބައެއްފަހަރު އެއްތަށިން ވެސްކާނެއެވެ. ހެޔޮބެ ހެދިގެންވިސް އުޅޭނެއެވެ. ޕޯރކްވެސް ކުރާނެއެވެ. ލައިކްވެސް ވާނެއެވެ.

ސޯސަ ނެޓްވޯރކް ތަކުގައި ދުވާލް ދާ ހަތަރުދަމު ބޭކާރު ވަގުތު ހޭދަކުރަމުން ދާމީހުންނަށް ބުނެލަމެވެ. މިލިޔަން މީހުންނަށް ވުރެ ގިނަމީހުން ފޭސްބުކް ބޭނުންކުރާއިރު މުހިންމީކީ ގޮތް ނޭންގޭ ރައްޓެހިން ލައިގެން މީހުން ގިނަކުރުމެއް ނޫނެވެ. މުހިންމީ އިތުބާރުހިފޭ މީހުން އެޑްކުރުމެވެ. އޮފީސް މާހައުލުން ނާއި ކުރީގެ ރަހްމަތްތެރިން ނާއި ކުޑައިރު އެކު އެކީ ކިޔަވަން އުޅުން އެކުވެރިން ނެވެ. ގޮތް ނޭންގޭ މީހުން އެޑްކޮއްގެން ވާނެ ފައިދާއަކަށް ވުރެ ގެއްލުން ބޮޑެވެ. އެހްނވީމާ އަވަހަށް ފޭސްބުކް ފްރެޑްސް ކްލީން ކުރުމުގެ މަޝްރޫއެއް ފަށާށެވެ. ފޭކް އައިޑީއެއް ހެން ހީވަންޔާ ރިޕޯރޓް ކޮއްފަ ބްލޮކް ކޮއްލާށެވެ. އެއިރަށް އެމީހުންނަށް ބޭކާރު އެއްޗިއްސެއް ނުފޮނުވޭނެއެވެ. އެއިރަށް ތިޔަފަރާތުގެ ޕްރޮފައިލްވެސް ނުފެންނާނެވެ.  އަދި ވިސް ނާލަން ޖެހޭ ކަމަކީ  އަޕްލޯޑް ކުރާ ކޮންމެ ފޮޓޯއަކާއި ކޮންމެ ސްޓޭޓަސްވެސް ސާވަރ ތަކުގައި ސޭވް ވެފައި ހުން ނާނެވެ. ކޮމެންޓް ކޮއްފަ، އަޕްކޮއްލާފަ ޑިލީޓް ކޮއްލީމައި ނިމުނީ ކަމަށް ހީނުކުރާށެވެ. ޗެޓްކޮއްފައި ހިސްޓްރީ ފޮހެލީމައި ނިމުނީ ކަމަށް ހީނުކުރާށެވެ. ބުނާ ކޮންމެ ކަމެއް ކުރާކޮންމެ ކަމެއް، ފިތާލާ ކޮންމެ ފިތުމެއް ރެކޯރޑް ކުރެވިފައި ހުން ނާނެއެވެ. އެއީ ވިސްނުން ވަރަން މުހިންމު ކަންތައްތަކެވެ. އެހެންވީމާ ސޯސަލް ނެޓްވޯރކް ތަކުގައި ކުރާކަން ތަކަށް ވަރަށް ސަމާލް ވާންޖެހޭނެއެވެ. ފަހަރެއްގައި ތިޔަބޭފުޅާ ފަހާ ދުވަންވެސް ފަށާފާނެއެވެ. ތިބޭފުޅުންގެ މުސްތަގްބަލް ކިލަންބުވާކަށް ނޭދޭނެއެވެ. ތިބޭފުޅުންގެ ދަރިންގެ ދަރިންނަށް ފެންނަންދެން ރައްކާ ކުރެވިފައި ހުންނާނެވެ. ދުރާލާ ވިސްނާށެވެ.  ކުޅޭކުޅޭ އެއްޗެއްކަމަށް ހީނުކުރާށެވެ.

ޓެގް

ޓެކްނޮލޮޖީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.