ރާއްޖޭގެ ޚަބަރު ޑރ. އަބްދުލްހައްޔު ޔޫސުފްގެ ދަރުހެއް ބާއްވައިފި

ޑރ. އަބްދުލްހައްޔު ޔޫސުފްގެ ދަރުހެއް ބާއްވައިފި

ޑރ. އަބްދުލްހައްޔު ޔޫސުފްގެ ދަރުހެއް ބާއްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ސޫދާންގެ އާއްމު ފަތުވާދިނުމާ ބެހޭ ދާއިރާގެ ރައީސް، ޑރ. އަބްދުލްހައްޔު ޔޫސުފް އަބްދުއްރަހީމްގެ ދަރުހެއް ބާއްވައިފިއެވެ.

ބުދަދުވަހުގެރޭ މަޣްރިބު ނަމާދަށްފަހު ބޭއްވި މިދަރުސްގެ މައުޟޫއަކީ "އިސްލާމްދީނަކީ ޙައްޤުދީން" އެވެ.

މި ދަރުސްގައި ޑރ. އަބްދުލްހައްޔު ޔޫސުފްވަނީ މާތް ﷲއަށް އަޅުކަން ކުރުމާއި، މުސްލިމުން އެއްބަޔަކު އަނެއްބަޔަކަށް ހެވާއި ދަރުމައަށް އެދި ދުޢާކުރުމުގެ މައްޗަށް ތަޤުރީރުކުރައްވާފައެވެ.

ޑރ. އަބްދުލްހައްޔު ޔޫސުފް އަބްދުއްރަހީމުގެ ދަތުރާއި ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީއިން ހާމަކޮށްފައިވަނީ މިދަތުރުގެ މަގްސަދަކީ ރާއްޖޭގެ ދީނީ އިލްމުވެރިންނަށާއި ދައުވަތުގެ މައިދާނުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ދީނީ މައުލޫމާތު ފޯރުކޮށްދިނުމާއި ދީނީ ދަރުސްތަކެއް ދިނުމަށްޓަކައި ބައްދަލުވުންތަކެއް ބޭއްވުން ކަމަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.