ރާއްޖޭގެ ޚަބަރު މައްކާގައި ބާއްވާ ބައިނަލްއަގްވާމީ ޤުރުއާން މުބާރާތެއްގައި ބައިވެރިވުމަށް ހުޅުވާލައިފި

މައްކާގައި ބާއްވާ ބައިނަލްއަގްވާމީ ޤުރުއާން މުބާރާތެއްގައި ބައިވެރިވުމަށް ހުޅުވާލައިފި

މައްކާގައި ބާއްވާ ބައިނަލްއަގްވާމީ ޤުރުއާން މުބާރާތެއްގައި ބައިވެރިވުމަށް ހުޅުވާލައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

 

39 ވަނަ މަލިކު އަބްދުލްއަޒީޒު އިންޓަނޭޝަނަލް ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

 

ކީރިތި ގުރުއާނާ ބެހޭ މަރުކަޒުން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ މިއަހަރުގެ އޮކްޓޯބަރު މަހުގެ ހަތަކުން އެގާރަ އަށް ބޭއްވުމަށް ހަމަޖެހިފައިވާ އެ މުބާރާތުގައި ބައިވެރިވުމުގެ ދައުވަތު ރާއްޖެއަށް ލިބިފައިވާ ކަމަށެވެ.

 

މިމުބާރާތުގައި ހިމެނޭ ގޮފިތަކުން ދެ ގޮތްޕެއްގައި ރާއްޖެއިން ބައިވެރިވާ ގޮތަށް ހަމަޖެހިފައިވާ ކަމަށާއި އެއިން ކޮންމެ ގޮތްޕެއްގައި ވެސް ބައިވެރިވާނީ އެއް ބައިވެރިއަކު ކަމަށް ވެސް އެ މަރުކަޒުގެ އިއުލާނުގައި ބުނެފައިވެއެވެ. މިމުބާރާތުގައި ރާއްޖެއިން ބައިވެރިވަނީ މުޅި ޤުރުއާން ހިތުދަސް ތަޖްވީދު މަގުން ކިޔެވުމުގެ ގޮތްޕާއި ވިދިވިދިގެން (ތަރުތީބުން) 15 ފޮތް ހިތުދަސް ތަޖްވީދު މަގުން ކިޔެވުމުގެ ގޮފީގައެވެ.

 

މިމުބާރާތުގައި ބައިވެރިވެވޭނީ އުމުރުން 25 އަހަރު ފުރިފައިނުވާ ކުރިން މިމުބާރަތުގައި ބައިވެރިނުވާ ފިރިހެނުން ނަށެވެ.

 

މައްކާގައި ބާއްވާ މިމުބާރާތުގައި ރާއްޖެ ތަމްސީލްކުރާނެ ދެ ބައިވެރިން ހޮވުމަށް އެކަމަށް ޝަރުތުހަމަވާ ފަރާތްތަކުން މިމަހުގެ 20 ވަނަ ދުވަހުގެ 1:30ގެ ކުރިން ބައިވެރިވުން އެދި ޤުރުއާނާއި ބެހޭ މަރުކަޒަށް ހުށަހަޅަންޖެހެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.