ތިން ލައްކަ ރުފިޔާގެ އިނާމާއެކު އެސްޓީއޯ "ރަމަޟާން ބާޒާރު" ފަށައިފި

ތިން ލައްކަ ރުފިޔާގެ އިނާމާއެކު އެސްޓީއޯ "ރަމަޟާން ބާޒާރު" ފަށައިފި
ފޮންޓް ސައިޒް
ކިޔާލަން ހޭދަވާނީ އެއް މިނިޓް

އަގުހުރި އިނާމްތަކާއި އެކު އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުގެ "ރަމަޟާން ބާޒާރު" ފަށައިފިއެވެ.

ރޯދަ މަހަށް ޚާއްސަކޮށްގެން އެސްޓީއޯއިން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ރަމަޟާން ބާޒާރުގައި މިއަހަރު ހިމަނާފައިވާ އިނާމްތަކުގެ ފައިސާގެ ޢަދަދު ތިން ލައްކަ ރުފިޔާއަށް އަރައެވެ.

އާދީއްތަދުވަހުގެރޭ އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުގައި ބޭއްވި ރަސްމިއްޔާތުގައި އެ ޕްރޮމޯޝަން އިފްތިތާހު ކޮށްދެއްވީ އެ ކުންފުނީގެ ޗީފް ފައިނޭންޝަން އޮފިސަރު، މުހައްމަދު ނިހާދު އެވެ.

މި ޕްރޮމޯޝަންގައި ކުރާ ކޮންމެ އެއްހާސް ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެއެވެ. އަދި ކޮންމެ ހަފުތާއަކު ގުރުއަތުން ހޮވޭ ފަރާތަކަށް އިނާމް ދިނުމުގެ އިތުރުން، ޕްރޮމޯޝަންގެ މުއްދަތު ނިމުމުން ނަގާ ލަކީ ޑްރޯގައި އަގު ހުރި އިނާމްތަކެއް ދިނުމަށް ހަމަޖެހިފައިވާވެއެވެ.

ޖޫންމަހުގެ އަށަކާއި ހަމައަށް ކުރިއަށްދާ މިޕްރޮމޯޝަން މާލޭގައި ހުންނަ އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުގައާއި، އަތޮޅު ތެރޭގައި ހުންނަ އެކުންފުނީގެ ފިހާރަތަކުގައި ކުރިއަށްގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.

މިޕްރޮމޯޝަންގެ ގްރޭންޑް ލަކީ ޑްރޯއިން ހޮވާލެވޭ ފުރަތަމަ ފަރާތަކަށް އިތުރު ބޭފުޅަކާ އެކު ބެންކޮކް ދެކޮޅު ޓިކެޓާއި ހޯމް އިމްޕްރޫވްމަންޓުގެ ފަރާތުން 50،000 ރުފިޔާގެ ތަކެތި ހަދިޔާ ކުރަން ނިންމާފައިވާއިރު ދެވަނަ އަށް ހޮވޭ ފަރާތަކަށް މޯލްޑިވިއަން އިން ހުށަހަޅާފައިވަނީ އެއް ބޭފުޅަކަށް ޗެންނާއި ދެކޮޅު ޓިކެޓެވެ. އެއާ އެކު ހޯމް އިމްޕްރޫވްމަންޓުން 30،000 ރުފިޔާގެ ތަކެއްޗެވެ. ތިން ވަނަ އިނާމަކީ އަދާރަން ހުދުރަންފުށީގައި ދެ ދުވަހުގެ ހުރުމެވެ.

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ފަހުގެ ޚަބަރު

ރޯދައަށް ރާއްޖޭގެ އެކިކަންކޮޅު ތަކުން 15 މިސްކިތެއް ނިންމަނީ

ރޯދައަށް ރާއްޖޭގެ އެކިކަންކޮޅު ތަކުން 15 މިސްކިތެއް ނިންމަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ގެ ތެރެއިން ފެމިލީ ޑިނަރ ނައިޓެއް ބާއްވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ގެ ތެރެއިން ފެމިލީ ޑިނަރ ނައިޓެއް ބާއްވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ

ދަރިން މިސްކިތުގައި ނަމާދުކުރަން ލޯބިޖެއްސުމަށް، ޘަވާބުގެ ވާހަކަ ކިޔައިދިނުން މުހިންމު: ހުކުރު ޚުޠުބާ

ދަރިން މިސްކިތުގައި ނަމާދުކުރަން ލޯބިޖެއްސުމަށް، ޘަވާބުގެ ވާހަކަ ކިޔައިދިނުން މުހިންމު: ހުކުރު ޚުޠުބާ

މި މަސައްކަތަށް އެހީތެރިވެލައްވާ

ދިއިސްލާމަކީ ދިގު ޒަމާނެއްގެ މަތިން ދީނީ އަދި އިޖްތިމާޢީ ޚަބަރާއި ލިޔުންތައް ގެނެސްދޭ ވެބްސައިޓެއް. ސައިޓް ނުހުއްޓި ކުރިއަށް ގެންދިއުމަށް ތިޔަ ބޭފުޅުންގެ އެހީތެރިކަން ބޭނުންވޭ.