ސިވިލް ސާވިސްގައި މަސައްކަތްކުރާ މުވައްޒަފުންނަށް މޯލްޑިވްސް އިސްލާމިކް ބޭންކްއިން ސްޓަޑީ ލޯނުގެ ގޮތުގައި ލުއި ލޯނު ލިބޭނެގޮތް ހަމަޖައްސަވައިދެއްވާނެ ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސް ޑރ. އަލީ ޝަމީމު ވިދާޅުވެއްޖެ އެވެ.
ސީއެސްސީގެ ރައީސް މިހެން ވިދާޅުވެފައިވަނީ އިސްލާމިކް މިނިސްޓްރީގެ 2016 ވަނަ އަހަރުގެ އަހަރީ ރިޕޯޓް އިފްތިތާހު ކުރުމަށް މިއަދު އެ މިނިސްޓްރީގައި ބޭއްވި ހަފްލާއެއް ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޑރ. ޝަމީމު ވިދާޅުވީ ސިވިލް ސާވިސްގައި މަސައްކަތް ކުރާ މުވައްޒަފުންނަކީ އެ މުވައްޒަފުން ކުރާ މަސައްކަތް އޭގެ އެންމެ ފުރިހަމަގޮތުގައި ކުރުމަށް ބޭނުންވާ ތަމްރީނާއި ތަޖުރިބާ ލިބިފައިވާ މުވައްޒަފުންނަށް ހެދުމަށް އެ ކޮމިޝަނުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި ސްޓަޑީ ލޯނަކީ އެފަދައިން ކުރާ މަސައްކަތްތަކުގެ ތެރެއިން ހިމެނޭ ކަމެއް ކަމަށެވެ. އަދި ކުރިއަށް އޮތް ހަފްތާ ތެރޭގައި އިސްލާމިކް ބޭންކާއި ވާހަކަދެކެވި ލޯނު ތަޢާރަފް ކުރެވިގެންދާނެ ކަމަށެވެ.
ރަހުނު ބަހައްޓަން ނުޖެހޭ ގޮތަށް ދޫކުރުާ މިލޯނަށް މަތީ ތައުލީމު ހާސިލްކުރަން ބޭނުންވާ ސިވިލް ސާވިސްގެ ކޮންމެ މުވައްޒަފަކަށް ވެސް އެދުމުގެ ފުރުޞަތު އޮންނާނެކަމަށް ޝަމީމްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.




ކޮމެންޓް (0)
ލޯޑް ކުރަމުން...